ބޭރުފުށުން އެންމެ މަޢުސޫމު މީހާކަމަށް އަދި އެންމެ ތެދުވެރިކަމާ އަމާނާތްތެރި މީހާ ކަމަށް ހެދިގެން ހުރެ، އެތެރެއިން ހުރިހާ ނުބައިކަމެއް ރާވާ، ހުރިހާ މައްސަލައެއްގެ އަސްލަކަށް ވެފައިވާ މީހާގެ ވާހަކަ ދައްކަންޖެހޭކަމަށް ތުންތުންމަތިން ވާހަކަދެކެވެއެވެ.
މި ފަދަ ފަރާތެއްގެ ސަބަބުން، ހަމަޖެހިގެން އުޅެމުން އައި މާހަޢުލެއްގެ އަމާންކަން ގެއްލި، އިތުބާރު ގެއްލި، ތަނުގެތެރޭގައި ބައިބައިވުންތައް އުފެދި، ފިތުނަ ފަސާދަ ވަނީ ފެތުރިފައެވެ.
އެންމެނަށް ހެޔޮއެދޭ، ރަޙުމަތްތެރި މީހަކަށް ހެދިގެން ހުރެ، ސިއްރުން ރާވާ ރޭވުންތަކުގެ ސަބަބުން، އެތައް ބަޔަކަށް ގެއްލުންވެ، ހަލާކުވެގެންދާކަންވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ފަރާތްތަކުގެ ނުރައްކާތެރިކަން އިތުރުވަނީ، އެބައިމީހުންގެ ހަގީގީ ސިފަ ވަންހަނާކޮށް، ބައެއް ފަރާތްތަކުގެ އިތުބާރު ހޯދައިގެން ކަންކަން ނިންމުމަށް ދޭ އިރުޝާދު ގަބޫލްކުރާ މީހުން ތިބޭތީއެވެ.
މިކަންތައްތައް މިގޮތަށް ހިނގަމުންދާއިރުވެސް، މި ހުރިހާ ނުބައިކަމެއްގެ ފަހަތުގައިވާ އަސްލު ފަރާތް ކޮބައިކަން އަހަރެމެން ގަމާރުންނަށް ނޭނގި އޮތުމަކީ ހައިރާންވާންޖެހޭ އަދި ކަންބޮޑުވާންޖެހޭ ކަމެކެވެ. ތަނުގެ ހަމަޖެހުން ނަގާލަމުން ދާއިރު، މި ނުބައި ރޭވުންތަކުގެ ވެރިޔާ ހޯދައި، އޭނަގެ ނުރައްކާތެރިކަމުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމުކަމަށް ތުންތުންމަތިން ވާހަކަދެކެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

