މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮތޯތަކުން ފެނިވަޑައިގަންނަވަނީ ސ. މީދޫ: ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ މެދުގައި އެޕްރީމަހު ބޭއްވުނު 2026 ވަނަ އަހަރުގެ އިންޓަރ ހައުސް އެތުލެޓިކްސް މުބާރާތުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް.
2026 އޭޕްރިލް މަހުގެ ތެރޭގައި ކުރިއަށްދިޔަ މި މުބާރާތަކީ އެ މަދަރުސާގެ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށާއި، ދަރިވަރުންގެ ކިބައިގައި ހުރި ކުޅިވަރުގެ ހުނަރުތައް ދައްކާލުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވުނު ހަރަކާތެއްކަމަށް ބެލެވޭ .
މި މުބާރާތުގެ ތެރެއިން ފެނިގެންދިޔަ ބައެއް މަންޒަރުތައް ފޮޓޯތަކުން ފެންނައިރު، ދަރިވަރުންގެ މެދުގައި އޮތް ވާދަވެރިކަމާއި ކުޅިވަރުގެ ފޯރި ވަރަށް ބޮޑަށް ހާމަވެގެންދިޔަ. މި ފޮޓޯތަކުން ފެންނަ ގޮތުގައި އެކި އުމުރުފުރާގެ ދަރިވަރުން ވަނީ ދުވުމުގެ އެކި ރޭސްތަކުގައާއި އެތުލެޓިކްސްގެ ތަފާތު އިވެންޓުތަކުގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައި.
މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ އިޖުތިމާއީ ގުޅުން ބަދަހިވެ، އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ އާދަ އަށަގަންނުވައިދިން މުހިންމު ހަރަކާތަކަށް ވަނީ ވެގެން ގޮސްފައި،
މިފަދަ ކުޅިވަރު ހަރަކާތްތަކަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގެ ތެރެއިން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދަރިވަރުން ބިނާކުރުމަށް އެ މަދަރުސާއިން ދޭ އިސްކަމުގެ ތެރެއިން ކުރިއަށް ގެންދެވުނު މުބާރާތެކެވެ.
މި މުބާރާތް ނިމިގެންދިޔައީ ބެލެނިވެރިންނާއި މުދައްރިސުންގެ ބޮޑު އެއްބާރުލުމަކާއެކުގައެވެ.







































ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

