ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ރެއާލް އޮވިއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ފަހަރަށް ލަނޑުޖަހައި ކުރިހޯދީ އޮވިއެޑޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އަލްބަޓޯ ރެއިނާ އެވެ. މިއީ ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭނަ ކާމިޔާބުކުރި ލަނޑެކެވެ.
ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބަކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.
ބާސެލޯނާގެ 3 ވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރައުލް އަރައުހޯ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2001ނަ އަހަރު އެވެ. އެމެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮވިއެޑޯ އިންނެވެ. އޭގެ ފަހުން މިދެޓީމް ބައްދަލުވެފަިނުވާއިރު ރޭގެ މެޗުން މޮޅުވުމުން 24 އަހަރަށްފަހު ބާސެލޯނާއިން މިވަނީ އޮވިޑިއޯ ބަލިކޮށްފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ބާސެލޯނާއަށް 16 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮވިއެޑޯ އިން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

