އިނގިރޭސި ލީގު ކަޕުގެ ތިން ވަނަ ބުރުގައި ރޭ ދެ ވަނަ ޑިވިޝަނުގެ ސައުތުހެމްޓަން އަތުން 2-1 އިން ލިވަޕޫލް މޮޅުވެއްޖެ އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ރޭ މިމެޗަށް ނެރުނީ އާދައިގެ ޓީމެކެވެ. އެކަމަކު 169 މިލިއަން ޑޮލަރަށް ދާދީފަހުން ލިވަޕޫލްއަށް ސޮއިކުރުވި ސްވިޑަން ފޯވާޑް އެލެކްސެންޑާ އިސާކް އަށް ފުރަތަމަ އެގާރައިން ކޯޗު އާންސް ސްލޮޓް ފުރުސަތު ދިނެވެ.
މިމެޗްގައި ލިވަޕޫލުގެ ފުރަތަމަ ގޯލް 43 ވަނަ މިނެޓުގައި ޖަހައިދިނީ އެލެކްސެންޑާއެވެ.

ސައުތުހެމްޓަން މިމެޗްގައި ލަނޑެއް ޖަހާ މެޗްގެ ނަތިޖާ 1-1 އަށް ބަދަލުކޮށްފައިވަނީ 76 ވަނަ މިނެޓުގައި ޝެއާ ޗާލްސް އެވެ.
ލިވަޕޫލް މިމެޗުން މޮޅުވި ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓިކޭއެވެ.
ކުރިން ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، ހޫގޯ އެކިކިޓޭ ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހުމަށްފަހު ޖާޒީ ބޭލުމުން ދެ ވަނަ ރީދޫ ކާޑާ އެކު، ރެފްރީ ވަނީ އެކިޓިކޭ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލަފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

