އިނގިރޭސި ލީގު ކަޕުގެ ތިން ވަނަ ބުރުގައި ރޭ 2-1 ގެ ނަތީޖާއަކުން ޗެލްސީން ތިން ވަނަ ޑިވިޝަނުގެ ލިންކަން ސިޓީ އަތުން މޮޅުވެއްޖެ އެވެ.
ރޭ ޗެލްސީ އަށް ލިންކަން ސިޓީއަތުން މޮޅުވެވުނީ ވަރަށް އުދަނގުލުންނެވެ. ޗެލްސީން ބަދަލުތަކާ އެކު ނެރުނު ޓީމު ކޮޅަށް ލިންކަން އިން 42 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑުވަނީ ނަގާފައެވެ. ޗެލްސީއަށް ނަތީޖާ ހަމަހަމަ ކުރެވުނު ލަނޑު 48 ވަނަ މިނެޓުގައި ޔޫސުފް ޖޯޖް ކާމިޔާބުކޮށްދިން އިރު މިމެޗުން ޗެލްސީ މޮޅުވި ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަކުންޑޯ ބޫނަނޮޓޭ އެވެ.
Advertisement
ޗެލްސީން އެންމެފަހުން ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުންވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

