ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ.
މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
ބާސެލޯނާގެ ޓްރެއިނިންގ ޕިޗް ކަމަށްވާ ޔޯހާން ކްރަޔަފް ސްޓޭޑިއަމްގައި ކުޅެވުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
ބާސާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 15 ވަނަ މިނިޓުގައި އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސާއަށް ކުރި ހޯދަދީފައެވެ. އަދި އޭގެ 19 މިނިޓު ފަހުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މި މެޗުގައި ބާސާއިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މޮޅާއިއެކު ބާސާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިގެން ޓޭބަލްގެ ދެ ވަނައިގައި އޮތް އިރު، އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން 15 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

