އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ޓޮޓްނަމް ހޮޓްސްޕާ ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސްޕާސް އިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކަމުގައިވިޔަސް ގިނަ ހަމަލާ އުފައްދާފައިވަނީ ޓޯޓެމްހަމްއިންނެވެ.
މިގޮތުން މިމެޗްގައި ޓޮޓެމްހަމްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. .
މިލަނޑު އެންމެ ފުރަތަމަ އޮފް ސައިޑް ކަމަށް ދެއްކި ކަމަވެސް ވީއޭއާރުން ބެލުމަށްފަހު ލަނޑު ފަހުން ވަނީ ރަގަޅު ލަނޑެއްކަމަށް ބަލައިގެންފައެވެ.
މިލަނޑަށް ފަހުވެސް ގާތް ގާތުގައި ޓޮޓެމްހަމްގެ ކުޅުންތެރީން ނުރައްކާތެރި ދެތިން ހަމަލާ އުފައްދައ ސިޓީގެ ގޯލަށް ނުރައްކާކޮށްފައިވެއެވެ.
މިމެޗުގައި ޓޮޓެމްހަމް އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ސިޓިގެ ކީޕާ ޖޭމްސް ޓްރެފަޑް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޮ ޕައުލީނިއާ އެވެ.
ޓޮޓެމްހަމްގެ މިކާމިޔާބީ އާއެކު އެޓީމު ވަނީ މިސީޒަންގައި ލީގުގައި ނުކުޅުނު ދެމެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް ހަ ޕޮއިންޓާއެކު އަރާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

