ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ފުޓްސަލް މުބާރާތުގެ ތެރެއިން ރޭވެސް ވަނީ ފޯރިގަދަ ދެމެޗް ކުޅެވިފައެވެ.
މީދޫގެ ކުރީގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ މުންގީގެ ހަނދާނުގައި ބާއްވާ މި މުބާރާތަކީ، ފުޓްސަލްގެ ދާއިރާ ތަރައްޤީ ކުރުމާއި، ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަސްތާލަ ވިސްތާލަ އާއި އެފްސީ ގުރުބާނެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗް ނިމިގެންދިޔައީ 5 ލަނޑު 5 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޝަމްނާނު ވަނީ މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައެވެ.
ރޭގެ ދެވަނަ މެޗްގައި ބައްދަލުކުރީ އެފްސީ އެތުލެޓިކްސް އާއި އެފްސީ ސޮލާސް އެވެ. މި މެޗް 5 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ އެފްސީ އެތުލެޓިކްސް އެވެ. މިމެޗްގައި މޮޅު ކުޅުމެއް ދެއްކި އަޒާން ވަނީ މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައެވެ.
ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 މުބާރާތުގައި ކުރިއަށް ކުރިއަށް ހުރިމެޗްތަކަކީވެސް ފޯރިގަދަ މެޗްތަކެއް ކަމަށް ބެލެވެއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

