ޔޫއެފާ ޔޫރަޕިއަން ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑް އާއި ސްޕެއިން ބައްދަލުކުރަން ޖެހިއްޖެ އެވެ.
އިންގްލެންޑުން މުބާރާތުގެ ފައިނަލަށް ހޮވުނީ ސެމީ ފައިނަލްގައި 2-1 އިން އިޓަލީ ބަލިކޮށްގެންނެވެ.
ސްޕެއިންއިން ފައިނަލަށް ހޮވުނީ ސެމީފައިނަލްގައި 1-0 އިން ޖަރުމަނުގެ ބަލިކޮށްފައެވެ.
އަށް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި ސެމީފައިނަލް މެޗުގެ 90 މިނެޓުގެ ކުޅުން ނިމުމުއިރު އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައިނުވެއެވެ.

ސްޕެއިންއިން ލަނޑު ޖެހީ މެޗްގެ އިތުރު ވަގުތުގެ ދެވަނަ ހާފުގަ އެވެ. އެއީ މެޗުގެ 113 ވަނަ މިނެޓުގައެވެ. މި ލަނޑު ސްޕޭނަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އެވެ.

ވިމެންސް ޔޫރޯގެ ފައިނަލްގައި އިންގްލެންޑް އާއި ސްޕެއިން ވާދަކުރަންޖެހުނު އިރު، ސްޕެއިންއިން 2023 ވަނަ އަހަރުގެ ވިމެންސް ވޯލްޑް ކަޕް ކާމިޔާބުކުރީ 1-0 އިން އިންގްލެންޑް ބަލިކޮށްގެންކަން ފާހަގަކޮށްލެވެއެވެ. އޭގެފަހުން ވިމެންސް ނޭޝަންސް ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް 2-1 އިން ކާމިޔާބުކުރީ ސްޕެއިންއިންނެވެ.
ސްވިޓްޒަލެންޑްގެ ބާސްލްގައި ކުޅޭ ވިމެންސް ޔޫރޯގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

