ހުޅުދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި މޫސާ ސިއްދީގު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ. ގިނަ ތަޢުލީމީ ސަނަދުތަކަކާއި 15 އަހަރުގެ އިދާރީ ތަޖުރިބާއާއެކު، މޫސާ ސިއްދީގަކީ މި މަޤާމަށް ވަރަށް ބޮޑަށް އެކަށީގެންވާ ބޭފުޅެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.
މޫސާ ސިއްދީގަކީ ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، ކޮންސްޓްރަކްޝަން ދާއިރާއިން ޑިޕްލޮމާއެއް، އެކައުންޓެންސީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް، އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވެއެވެ.
"އަޅުގަނޑުގެ ތަޢުލީމީ ފަންނުވެރިކަން އެކި ދާއިރާތަކަށް ފެތުރިފައިވުމަކީ، ކައުންސިލް ހިންގުމުގައި ވަރަށް މުހިންމު ބައެއްކަމަށް ދެކެން. ޚާއްޞަކޮށް ބަޖެޓް ރޭވުމާއި މާލީ ކަންކަން ބެލެހެއްޓުމުގައި އެކައުންޓެންސީގެ ތަޢުލީމު ވަރަށް ބޮޑަށް އެހީތެރިވެދޭނެ," މޫސާ ސިއްދީގު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރީ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މޫސާ ސިއްދީގަކީ ހުޅުދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި މަސައްކަތްކުރައްވާފައިވާ އަދި ކުރައްވަމުން ގެނަދަވާ ގާބިލް ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތްކުރައްވާފައެވެ.
ހުޅުދޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި، މޫސާ ސިއްދީގުގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަމަކީ ކައުންސިލް ހިންގުމުގައި ވަރަށް މުހިންމު ބައެކެވެ.
"ސިއްދީގު ވަނީ އަވަށު އޮފީހުގައި ހުންނަވައިގެން ވެސް ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވާފައި. ޚާއްޞަކޮށް އިދާރީ މައްސަލަތައް ޙައްލުކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު," ހުޅުދޫ ދާއިރާގެ ރައްޔިތަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ ގިނަ ރައްޔިތުން މޫސާ ސިއްދީގުގެ ކެންޑިޑެސީއަށް ތާއީދުކުރާކަން ފާހަގަކުރެވެއެވެ.
"ސިއްދީގަކީ ވަރަށް ތަޢުލީމީ އަދި ތަޖުރިބާކާރު ބޭފުޅެއް. އަޅުގަނޑުމެން ދާއިރާއަށް ބޭނުންވަނީ އެފަދަ ލީޑަރެއް. އޭނާ ކައުންސިލްގެ ރައީސްކަމަށް ހޮވިއްޖެނަމަ، ހުޅުދޫއަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން,"
ހުޅުދޫގެ އިޖްތިމާޢީ ދާއިރާގައި ހަރަކާތްތެރިއެއްކަމަށްވާ ބޭފުޅަކު ވިދާޅުވިއެވެ.
ރާއްޖޭގެ ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމުގައި އަވަށު އޮފީސްތަކުގެ ދައުރު ވަރަށް މުހިންމެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ޤާބިލު އަދި ތަޢުލީމީ ބޭފުޅުން ހޮވުމަކީ ވަރަށް މުހިންމު ކަމެކެވެ.
"ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް، ތަޢުލީމީ އަދި ތަޖުރިބާކާރު ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވުމަކީ ވަރަށް މުހިންމު ކަމެއް. މޫސާ ސިއްދީގު ފަދަ ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވުމުން، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ."
މީދޫ އޮފީހުގައި ކުރީން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް މޫސާ ސިއްދީގުގެ އިތުރުން އިތުރު ބޭފުޅުންތަކެއްވެސް ކުރިމަތިލައްވާފައިވެއެވެ. މި އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށްވާތީ، ރައްޔިތުން ވޯޓުލުމަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެކެވެ.
"ތަޢުލީމީ ޤާބިލްކަމާއި ގިނަ އަހަރުތަކުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅަކަށް ކައުންސިލްގެ ރައީސްކަމުގެ ދައުރު އަދާކުރުމަށް ލިބިއްޖެނަމަ، ހުޅުދޫ އަވަށު އޮފީހުގައި ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް އިދާރީ ނިޒާމު ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ,"
ހުޅުދޫގެ ރައްޔިތެއްކަމަށްވާ ޢަބްދުﷲ ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އަވަށު އޮފީހުގެ ދައުރު ވަރަށް މުހިންމެވެ. އަދި މޫސާ ސިއްދީގު ފަދަ ތަޢުލީމީ ޤާބިލް ބޭފުޅަކާއި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ހުޅުދޫ އަވަށު އޮފީހަށް އެދެވޭ ބަދަލުތަކެއް ގެނެސް، ރަނގަޅު ކުރިއެރުންތަކެއް ހޯދުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

