ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި ސ. މީދޫގެ ނަލަފެހި ޖަމްއިއްޔާ ގުޅިގެން، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ފެހިކުރުމުގެ މަޤްސަދުގައި ގަސްއިންދުމުގެ ޚާއްސަ ޕްރޮގްރާމެއް މީދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ "ފަސްމިލިއަން ގަސް އުރީދޫގެ ހިއްސާ" މިޝިއާރުގެ ދަށުންނެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގައުމީ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "5 މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫއާއި ނަލަފެހި ޖަމްއިއްޔާ ގުޅިގެން މީދޫގައި ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގައި 2000 ގަސް ވަނީ އިންދާފައިވެއެވެ.
އޯގަސްޓްމަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މިޚާއްސަ ހަރަކާތުގައި ސ. އަތޮޅުމަދަރުސާގެ ދަރިވަރުންނާއި، ޝަރީފީ ޕްރީ ސްކޫލްގެ ދަރިވަރުން އަދި އަސްރިއްޔާ ޕްރީސްކޫލްގެ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ހުޅުމީދޫގެ ބައެއް މުވައްސަސާތަކުގެ ބޭފުޅުންނާއި، ނަލަފެހި ޖަމްއިއްޔާގެ މެމްބަރުން އަދި އުރީދޫގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ، ގަސް އިންދާފައިވެއެވެ.
ތިރީގައިވާ ފޮޓޯތަކަކީ ގަސްއިންދުމަށް 26 އޯގަސްޓް 2025 ވަނަދުވަހު ކުރިއަށްގެންދެވުނު ޕްރޮގްރާމްގެތެރެއިން ނެގިފައިވާފޮޓޯތަކެއް











ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

