މީދުން ތައުލީމީ ދާއިރާއިން މަތީ ވަނަތައް ހޯދާ ދަރިވަރުންގެ އަގުވަޒަންކޮށް، އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ރަށު ކައުންސިލްގެ ފަރާތުން ޚާއްސަ އެވޯޑެއް ތައާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އައްޑޫމީދޫ ދާއިރާގެ ކައުންސިލްގެ ރައީސް އަހުމަދު ޝާޠިރު ވިދާޅުވެއްޖެވެ.
ޝާޠިރު މިހެން ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެރޭ އައްޑޫ މީދޫ ކައުންސިލުން މީދޫގެ ރަށްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ، ބައްދަލުވުމުގެ ބައިވެރިއަކު ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުންނެވެ.

އަތޮޅުމަދަރުސާއިން ތައުލީމީ ރޮގުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ކައުންސިލް އެވޯޑެއް ތައާރަފުކުރުމަކީ މުހިއްމުކަމެއްކަމަށް ބުނެ ބައްދަލުވުމުގެ ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބް ދެއްވަމުން ޝާޠިރު ވިދާޅުވީ ތައުލީމީ ދާއިރާއިން މަތީ ވަނަތައް ހޯދާ މީދޫގެ ދަރިވަރުންނަށް ކައުންސިލުން ޚާއްސަ އެވޯޑެއް ދިނުމަށް ގަސްތުކުރައްވާކަމަށާ އެކަން ވީހާވެސް އަވަހަކަށް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދާވާކަމަށެވެ.
ކޮންމެ މުޖުތަމައެއްގައިވެސް ތައުލީމީ ޖީލެއް ބިނާކުރުމަކީ އެ ރަށެއްގެ ކުރިއެރުމާ ގުޅިފައިވާ ކަމަށް ވާއިރު ދަރިވަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ އެކުދިންގެ ކިޔެވުމުގެ ރޫހު އާލާވެ، އިތުރު ކާމިޔާބީތަކަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ކައުންސިލް އެވޯޑް ފަދަ ޝަރަފުވެރި އިނާމެއް ތައާރަފްކުރުމުން، ދަރިވަރުންގެ މެދުގައި ރީތި ނަމޫނާއެއް ދެއްކުމަށާއި މަތީ ނަތީޖާ ހޯދުމަށް އޮންނަ ޝައުގުވެރިކަން އިތުރުވެ އޭގެ ސަބަބުން މަދަރުސާގެ ޖުމްލަ ފެންވަރު މަތިވުމަށް މަގުފަހިވާނެއެވެ.
ރަށުގެ ކައުންސިލަކީ ރަށުގެ ބެލެނިވެރި ފަރާތަށް ވާއިރު، ތައުލީމީ ދާއިރާއަށް މިފަދަ އެހީތެރިކަމެއް ދިނުމަކީ ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ތައުލީމަށް ރަށު ފެންވަރުގައި ދެވޭ އަހަންމިއްޔަތުކަން ހާމަވެގެންދާނެކަމެކެވެ.
މިއަދު މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމަކީ، މާދަމާ ރަށަށް ޚިދުމަތްކުރާނެ ގާބިލު ޒުވާނުންތަކެއް އުފެއްދުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.
ވީމާ މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް "ކައުންސިލް އެވޯޑް" ތައާރަފްކުރުމަކީ ވަރަށް ރަނގަޅު އަދި މުހިންމު ކަމެކެވެ.
މީގެ ސަބަބުން ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިވެ، ރަށުގެ މުސްތަގުބަލު އުޖާލާވުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން، މިކަމަކީ ވީހާވެސް އަވަހަށް އަމަލީ ސިފަ ގެނައުން މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

