ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އައްޑޫ ހުޅުދޫގައި ގައުމީދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހުޅުދޫގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުޅުދޫ ކައުންސިލް އިދާރާގައި ކުރިމަތީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިނިވަން ދުވަހުގެ ހެނދުނު، ( މިއަދު ހެނދުނު ) 6:00 ގައެވެ.
މިރަސްމިއްޔާތުގެ އެންމެ މުހިންމު ވަގުތުކޮޅު ކަމުގައިވާ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދިދަ ނަންގަވައިދެއްވީ ހުޅުދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޖާދުﷲ ޖަމީލެވެ. ދިދަ ނެގުމުގެ މި ރަސްމިއްޔާތަކީ ޤައުމީ ސަލާމުގެ ރާގާއެކު، ނުހަނު ކަރާމާތްތެރިކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ހުޅުދޫގައި ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސްވެރިންނާއި، އެ މުވައްސަސާތަކުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ރަށުގެ އިޖުތިމާޢީ އެކި ދާއިރާތަކުގެ ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ، މިނިވަންކަމުގެ އުފާ ފާޅުކޮށްފައިވެއެވެ.
މިފަދަ ރަސްމިއްޔާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ އަގުވަޒަންކޮށް، ރައްޔިތުންގެ މެދުގައި ޤައުމީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމެވެ.
މި ރަސްމިއްޔާތުގެ ސަބަބުން، ޤައުމީ ދިދައަށް އޮންނަ ލޯތްބާއި އިޙްތިރާމް އިތުރުވެ، މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަވެގެން ގޮސްފައިވެއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯތައް


















ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

