އައްޑޫ ސިޓީ މީދޫން ހިމަބިއްސަށް (މީސަލްސް) ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރި ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އައްޑޫ މީދޫ ކައުންސިލުން ހާމަކޮށްފިއެވެ.
މީދޫ އަވަށު އޮފީހުން މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ހިމަބިއްސަށް ޝައްކުކުރެވޭ ފަރާތެއް ފެނުމާ ގުޅިގެން މީދޫ ސިއްހީ މަރުކަޒުން ވަނީ އެމީހާގެ ސާމްޕަލް ނަގައި ޓެސްޓްކުރުމަށް ފޮނުވާފައެވެ. މި ސާމްޕަލްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ނަތީޖާ ލިބުނުއިރު ނެގެޓިވް ކަމަށް ސިއްހީ މަރުކަޒުން ބުނި،"
މީދޫ ކައުންސިލް އިދާރާގެ އޮފިޝަލް ވިދާޅުވިއެވެ.
މި ނަތީޖާއާއެކު، މީދޫން ހިމަބިހީގެ ކޭހެއް ފެނިފައިނުވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މިކަމާ ގުޅިގެން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ވަނީ ހައްލެއް ލިބިފައެވެ.
ނަމަވެސް، ބަލިތަކުން ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅުއްވައެވެ. 
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

