ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ހުޅުދޫ ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ކެނޑިޑޭޓް ނަމްބަރު 2، މުހައްމަދު ޔާސީން އެވެ.
މުހައްމަދު ޔާސީން އަކީ ތައުލީމީ ގޮތުން މަތީ ފަންތީގެ ކާމިޔާބީތަކެއް ހާސިލްކުރައްވާފައިވާ، ހިންގުންތެރިކަމުގެ ދާއިރާއިން އަމަލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ. ދާއިރާގެ ކުރިއެރުމަށާއި، ޕާޓީގެ ސިޔާސަތުތައް ވަރުގަދަކޮށް، މެމްބަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޔާސީން ގެންގުޅުއްވާ ތަސައްވުރަކީ ހުޅުދޫ ދާއިރާގެ ޕީއެންސީ އާއިލާއަށް ލިބޭނެ ބޮޑު އުންމީދެކެވެ.

ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކާރާއި ޕާޓީގެ އިސްލީޑަރިޝިޕާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ޔާސީންގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ ހިންގުންތެރިކަމުގެ ސަބަބުން ދާއިރާގެ ޕާޓީ ހަރަކާތްތައް އިތުރަށް ހަލުވިވެ، މެމްބަރުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޔާސީންގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމަށް ބަލާއިރު، ޕާޓީގެ އާންމު މެމްބަރުންނާ ގާތުން މަސައްކަތްކޮށް، ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ތެރެއިން ވަކާލާތު ކުރުން ހިމެނެއެވެ. މީގެ އިތުރުން، ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގެ ހަރަކާތްތަކުގައި އިތުރުކުރުމަކީވެސް އޭނާގެ މުހިންމު އަމާޒެކެވެ.
ވީމާ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި، ހުޅުދޫ ދާއިރާގެ ކުރިމަގަށްޓަކައި، ކެނޑިޑޭޓް ނަމްބަރު 2، މުހައްމަދު ޔާސީން އަށް ވޯޓު ދެއްވާ، އޭނާ އެ މަގާމަށް އިންތިހާބު ކުރުމަކީ ދާއިރާގެ ޕީއެންސީ މެމްބަރުންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. ހުޅުދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސަކަށް ޔާސީން ހޮވުމަށް ހުރިހާ މެމްބަރުން އަތްގުޅާލަމާ ހިނގާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

