ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގައި، މި މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ފަންނާނުންތަކެއްގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ. މީގެ ތެރޭގައި ކޭޓީ ޕެރީ، ފިއުޗަރ، ލީސާ، އަނީޓާ، ރޭމާ އަދި ޓައިލާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. އެމެރިކާ ޓީމުގެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި މި ހަރަކާތާ ގުޅިގެން، ސްޓޭޑިއަމްގެ ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކެލިފޯނިއާގެ ދެކުނު ސަރަހައްދުގައި ކުޅިވަރު ހަރަކާތަކާ ގުޅިގެން ހިންގުނު އެންމެ ބޮޑު ސަލާމަތީ އޮޕަރޭޝަނެވެ. ލޮސް އެންޖަލިސްގެ ވޯލްޑް ކަޕް އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި، ސްޓޭޑިއަމަށް ވަންނަ ހުރިހާ ކުޅިބެލުންތެރިން ވެސް، ވައިގެ ބަނދަރުތަކުގައި ހުންނަ ފަދަ ވަރުގަދަ ސްކްރީނިންގ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހުނެވެ.
މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން، އެމެރިކާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅުނު ޕެރަގުއާއީގެ ރައީސް ސަންޓިއާގޯ ޕެނާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފީފާ ކައުންސިލްގެ އިސް މެންބަރުންނާއި، އެމެރިކާގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ ބޭފުޅުންނާއި، ކެލިފޯނިއާ އާއި ލޮސް އެންޖަލިސްގެ ސަރުކާރުގެ އިސް ވެރިން ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރިންގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ފަރާތްތަކުގެ އިތުރުން، ކުޅިވަރުގެ ދާއިރާގައި ކުރިން ރަންވަނަތައް ހޯދާފައިވާ މަޝްހޫރު އެތައް ފަރާތްތަކެއް ވެސް ފެނިގެންގޮސްފައިވެއެވެ.


















ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

