އައްޑޫ ހުޅުދޫ ކޯގަޑިގޭ ފަންނު ގްރޫޕުން މިދިޔަ އަހަރު އިއުލާންކުރި "އުމްރާ ދަތުރު" ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ. މި ދަތުރުގެ ނަސީބުވެރިޔާ ހޮވާފައިވަނީ މިކަމަށްޓަކައި އެސްއެމްއެސް ކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.
އިއްޔެ ހަވީރު ހުޅުދޫ ވަރިހަމަ ގަރާޖު ކައިރީ ބޮޑުމަގުގައި ބޭއްވުނު މި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، އުމްރާ ދަތުރުގެ ނަސީބުވެރި ނަން ނަންގަވައިދެއްވީ ހުޅުދޫގެ އިސްރަށްވެއްސެއް ކަމުގައިވާ ލެވެންޑްލީ އަބްދުﷲ އެވެ. ގުރުއަތުން ހޮވިގެން މި އަހަރުގެ އުމްރާ ދަތުރު ލިބިލެއްވީ ހުޅުދޫ ފަރިވާގޭ ޝިއުނާ އިސްމާއީލް އެވެ.
މި ރަސްމިއްޔާތުގައި ކޯގަޑިގޭ ފަންނު ގްރޫޕްގެ ޗެއާމަން އަޒުހީނާއި، ހުޅުދޫ ދާއިރާގެ ކައުންސިލަރު މުހައްމަދުދިދީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، އުމްރާ ދަތުރު ހޯދުމަށް އެސްއެމްއެސް ކުރި ގިނަ ބައެއް ފަރާތްތަކުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޯގަޑިގޭ ފަންނުގެ ޗެއާމަން އަޒުހީނު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން މި ހަރަކާތަށް ލިބުނު ތަރުހީބަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ދީނީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގުމަށް އެ ގްރޫޕުން ގަސްތުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯގަޑިގޭ ފަންނަކީ ހުޅުދޫގެ އިޖުތިމާއީ ކަންކަމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ ހީވާގި ގްރޫޕެކެވެ. އުމްރާ ދަތުރެއް ފަދަ އަގުހުރި ފުރުސަތެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަކީ އެ ގްރޫޕުން ކުރިއަށްގެންދިޔަ ވަރަށް މުހިއްމު ބޭނުންތެރިކަމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

