އާއިލީ ދިރިއުޅުމަކީ ކަނޑެއްގެ ރާޅުތަކެއް ފަދަ އެކި ހާލަތްތައް ކުރިމަތިވާނެ ދަތުރެކެވެ. ދެމަފިރިއެއްގެ މެދުގައި އޮންނަ ގުޅުމުގެ ވަރުގަދަކަމާއި، ހާއްސަކޮށް އަންހެނެއްގެ ހިތުގައި ފިރިމީހާއަށް އޮންނަ ލޯބީގެ ތެދުވެރިކަން ހާމަވަނީ އާދައިގެ ހާލަތްތަކުގައެއް ނޫނެވެ. އަންހެނެއްގެ ހަގީގީ ސިފަޔާއި އޭނާގެ ވަފާތެރިކަން ދެނެގަނެވޭނެ މައިގަނޑު ހަތަރު ހާލަތެއް ވެއެވެ.
-1 ފިރިމީހާ ފަގީރުވުން:
ކޮންމެ އަންހެނަކަށްވެސް ފިރިމީހާގެ ތަނަވަސްކަމާއި އުފަލުގައި ބައިވެރިވެވިދާނެއެވެ. ނަމަވެސް، ފިރިމީހާގެ މާލީ ހާލަތު ދަށްވެ، އަތްމަތި ދަތިވާ ވަގުތަކީ އަންހެނެއްގެ ހަގީގަތް އެނގޭ އެންމެ ފުރަތަމަ ވަގުތެވެ. އެ ހާލަތުގައި ފިރިމީހާއާއެކު ކެތްތެރިކަމާއެކު ސާބިތުވެ ހުންނަނީ މަދު އަންހެނެކެވެ. ގިނަ އަންހެނުން ލޯބިވަނީ ފިރިމީހާގެ ޒާތަށްވުރެ ބޮޑަށް، އޭނާގެ އަތުގައި ހުންނަ ފައިސާއާއި މުދަލަށެވެ.
-2 ފިރިމީހާއާއި އަރައިރުންވުން
ދެމަފިރިންގެ މެދުގައި ދެބަސްވުންތަކާއި އަރައިރުންތަކަކީ ހިނގާނެ ކަންކަމެވެ. އަންހެނެއްގެ ހަގީގީ އަހުލާގާއި އިހުތިރާމް އެނގެނީ މިފަދަ ދަނޑިވަޅުތަކުގައެވެ. ރުޅި އަންނަ ވަގުތު ފިރިމީހާއަށް ބަދުބަސް ބުނުމާއި، އޭނާގެ ދަށު ދަރަޖައަށް ވައްޓާލަން މަސައްކަތްކުރުމަކީ އަންހެންމީހާގެ ހިތުގައި ފިރިމީހާއަށް އެއްވެސް ގަދަރެއް ނެތްކަން ހާމަކޮށްދޭ ކަމެކެވެ.
3-ފިރިމީހާ ބަލިވުން
ފިރިމީހާއަކީ ގަދަފަދަ މީހެއްގެ ގޮތުގައި ހުންނަ އިރު އޭނާއަށް ހިދުމަތް ކުރުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، ބަލިވެ ގުދުވެ، އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވާ ހާލަތުގައި އަންހެންމީހާ އަމަލުކުރާ ގޮތުން އޭނާގެ އިހުލާސްތެރިކަން އެނގިގެންދެއެވެ. ބައެއް އަންހެނުންނަށް ބަލި މީހަކަށް ހިދުމަތް ކުރުމަކީ ބުރަކަމަކަށް ވެ، ފޫހިކަން ފާޅުކުރަން ފަށާ އަންހެނުންނެވެ. މިއީ އެމީހުންގެ ހިތުގައި ހަގީގީ ލޯބި ނެތްކަމުގެ ހެއްކެކެވެ.
4 -ފިރިމީހާ ފުރައިގެންދިއުން
ފިރިމީހާ ލޯމަތީގައި ހުންނަ އިރު ރަނގަޅަށް އުޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ފިރިމީހާ ރަށުން ބޭރުގައި ނުވަތަ ދުރުގައި ހުންނަ އިރު، އޭނާގެ މުދަލާއި، އަބުރާއި، އަދި އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ ވަފާތެރިކަމުގެ އެންމެ މަތީ ދަރަޖައެވެ. ފިރިމީހާ ނެތް ތަނުގައި އޭނާގެ އަމާނާތްތަކަށް ހިޔާނާތްތެރިވާ އަންހެނަކީ ދުވަހަކުވެސް ފިރިމީހާ ދެކެ ލޯބިވި މީހެއް ނޫނެވެ.
މި ދެންނެވި ކަންކަމަށް ބަލާއިރު، މިއަދުގެ މުޖުތަމައުގައި ގިނަ އަންހެނުން ލޯބިވަނީ ފިރިމީހާގެ ޒާތަކަށް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ލޯބިވަނީ ފިރިމީހާގެ "ޖާހު" ނުވަތަ އޭނާގެ އިޖުތިމާއީ ހައިސިއްޔަތާއި ތަނަވަސްކަމަށެވެ. ފިރިމީހާގެ ފަރާތުން ލިބޭ މާއްދީ އުފާތައް ހުއްޓުމަކަށް އަންނަ ހިނދު، އެ އަންހެނުންގެ "ލޯބި" ވެސް ފޭދިގެންދާކަމީ ފެންނަން އޮތް ހިތްދަތި ހަގީގަތެކެވެ. އަންހެނެއްގެ ހަގީގީ ކުލަވަރު ފެންނަނީ އިމްތިހާނުގެ ވަގުތުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

