ކެބިނެޓްގައި ހިމެނޭ ގިނަ މިނިސްޓަރުންތަކެއް މިއަދު އިސްތިއުފާދީ، ބައެއް މިނިސްޓަރުން މަގާމުން ވަކިކޮށްފިއެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކުރި، އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (މަގާމުން ވަކިކޮށްފައި)
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
(މަގާމުން ވަކިކޮށްފައި) ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އިސްތިއުފާ ދެއްވައިފި
ސަރުކާރުގެ ކެބިނެޓުގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް މި މަހުގެ ހަ ވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

