އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްގެ މަގާމު އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝާޠިރު ކާމިޔާބު ކުރައްވައިފިއެވެ.
ޝާޠިރު މިއިންތިޚާބު ކާމިޔާބުކުރެއްވީ މީދޫ ދާއިރާގެ މިހާރުގެ ކައުންސިލަރު އާމިނަތު ސާލިހާއާއި މިއިންތިޚާބުގައި އެމްޑީޕީން ވާދަކުރެއްވި އަންޖުމް ނޫމާން ބަލިކުރައްވައިގެންނެވެ.
އާމިނަތު ސާލިހާއަކީ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކޮށް ޕީއެންސީގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަމުން އައި ބޭފުޅެކެވެ. އެހެންނަމަވެސް އިންތިޚާބު ކައިރިވެފައިވަނިކޮށް ސާލިހާއަށް ޕީއެންސީން ކުރަމުންއައި ތައީދު އަނބުރާ ގެންގޮސް އަމިއްލަ ގޮތުން މިއިންތިޚާބުގައި ވާދަކުރައްވަމުން އައި އަހުމަދު ޝާޠިރަށް ޕީއެންސީން ތާއީދުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ މީދޫ ދާއިރާގެ ސިޔާސީ މަސްރަހަށް އައި ވަރަށް ބޮޑު ބަދަލަކަށް ވާއިރު، ޕީއެންސީން ސާލިހާއަށް ކުރަމުން އައި ތާއީދު އަނބުރާ ގެންގޮސް އޭނާގެ ސުލޫކީ މައްސަލައެއްވެސް ޕީއެންސީން ބަލާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަން ޕީއެންސީ މީދޫ ދާއިރާގެ ރައީސްވެސް ވަނީ ޔަގީންކޮށްދެއްވައިފައެވެ. މިއީ އެޕާޓީން އެޅި ވަރަށް ބޮޑު ފިޔަވަޅަކަށް ވާއިރު، ޕާޓީގެ ޕްރައިމަރީން ކާމިޔާބުކޮށްފައިވާ ކެންޑިޑޭޓަކަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސް އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު ނިންމުމެކެވެ.
އިއްޔެ ބޭއްވުނު އިންތިޚާބުގައި ކައުންސިލް މެމްބަރުންގެ ގޮތުގައި މީދޫ ދާއިރާއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީން ވާދަކުރެއްވި ރަޝީދާއާއި އަމީންގެ އިތުރަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސަނީއާއި އަމިއްލަގޮތުން ވާދަކުރެއްވި އިލްޔާސްއެވެ. މި ހަތަރު ބޭފުޅުންނަކީ މީދޫ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެކަމަށް ވައުދުތަކެއް ވެވަޑައިގެންފައިވާ ބޭފުޅުންނެވެ. މީދޫ ރައްޔިތުންގެ ތާއީދާއެކު މި ބޭފުޅުން މި މަގާމުތަކަށް އިންތިޚާބުވެވަޑައިގަތީ މީދޫގެ ތަރައްގީއަށް މުހިންމު ކަންކަމުގައި މަސައްކަތް ކުރައްވާނެކަމުގެ އިތުބާރު ރައްޔިތުންނަށް މިބޭފުޅުން ދެއްވާފައިވުމުންކަމުގައި ބެލެވެއެވެ.
އެމްޑީޕީން ވާދަކުރެއްވި ރަޝީދާއާއި އަމީން އިންތިޚާބު ކާމިޔާބު ކުރުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް ވާއިރު، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސަނީ ކައުންސިލްގެ ގޮޑިއެއް ކާމިޔާބު ކުރުމަކީ ޕީއެންސީއަށްވެސް މީދޫ ދާއިރާގެ ކައުންސިލްގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދިޔަކަމެކެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި އިލްޔާސް ކައުންސިލްގެ ގޮޑިއެއް ކާމިޔާބުކުރުމަކީ މީދޫ ރައްޔިތުން ޕާޓީތަކަށް ވުރެ ފަރުދީ ކެންޑިޑޭޓުންނަށް ދެއްވާ ތާއީދު އިތުރުވަމުންދާކަމުގެ ހެއްކެކެވެ.
ޑަބްލިއުޑީސީގެ މީދޫ ދާއިރާއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީން ވާދަކުރެއްވި ނައުމާއާއި ރަޒާނާ އަދި ލުބުނާގެ އިތުރަށް ޝަމާއާއި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ނަސީރާއެވެ. މި ފަސް ބޭފުޅުންނަކީ މީދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށާއި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ބޭފުޅުންކަމުގައި ކެމްޕެއިން ދުވަސްވަރު މިބޭފުޅުންވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ޑަބްލއިުޑީސީއަށް ވާދަކުރެއްވި ނައުމާއާއި ރަޒާނާ އަދި ލުބުނާ އާއި ޝަމާއަށް ކާމިޔާބު ލިބުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ބެލެވޭއިރު މިއީ މީދޫ ރައްޔިތުން އެ ޕާޓީއަށް ދެއްވާ ބޮޑު ތާއީދެއްކަމުގައި ބެލެވެއެވެ. ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ނަސީރާއަށްވެސް ޑަބްލިއުޑީސީގެ ގޮޑިއެއް ލިބުމަކީ ޕީއެންސީއަށްވެސް މީދޫ ދާއިރާގެ ޑަބްލިއުޑީސީގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެން ދިޔަކަމެކެވެ.
މި އިންތިޚާބުގެ ނަތީޖާތަކުން ފެންނަން އޮތް އެންމެ މުހިންމު ކަމަކީ މީދޫ ރައްޔިތުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދެއްވާ ތާއީދު އިތުރުވަމުންދާކަމެވެ. ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ޝާޠިރު ކާމިޔާބުވެވަޑައިގަތުމާއި ކައުންސިލް މެމްބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިލްޔާސް ކާމިޔާބުވެވަޑައިގަތުމަކީ މީދޫ ރައްޔިތުން ޕާޓީތަކަށް ވުރެ ފަރުދީ ކެންޑިޑޭޓުންނަށް ދެއްވާ ތާއީދު އިތުރުވަމުންދާކަމުގެ ސާފު ހެއްކެކެވެ.
މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ކައުންސިލްގައި ތިއްބަވާނީ މުޅިންވެސް އާބޭފުޅުންނެވެ. މިއީ މިއީ އައްޑޫސިޓީ ކައުންސިލުން ވަކިވެ މީދޫ ދާއިރާގައި ވަކިކައުންސިލެއް އުފެދިގެން އިންތިޚާބުވި ފުރަތަމަ ކައުންސިލަރުންނެވެ. ފަށައިގަންނައިރު ދަތިތަކާ ކުރިމަތިލާން ޖެހުނަސް މިއާ ބޭފުޅުން ތިއްބަވައިގެން މީދޫގެ ތަރައްގީއަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަކީ މީދޫ ރަށްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.
ކައުންސިލް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޝާޠިރު އާއި ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިޚާބުވެވަޑައިގެންނެވި ރަޝީދާއާއި އަމީން އަދި ސަނީއާއި އިލްޔާސް ގުޅިގެން މީދޫގެ ތަރައްގީއަށް މުހިންމު ކަންކަމުގައި މަސައްކަތް ކުރައްވާނެކަމަށް ގަބޫލްކުރަމެވެ.
މީގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންގެ ގޮތުގައި އިންތިޚާބުވެވަޑައިގެންނެވި ނައުމާއާއި ރަޒާނާ އަދި ލުބުނާއާއި ޝަމާއާއި ނަސީރާ ގުޅިގެން މީދޫގެ އަންހެނުންގެ ތަރައްގީއަށް މުހިންމު ކަންކަމުގައި މަސައްކަތް ކުރައްވާނެކަމަށް ބެލެވެއެވެ. މި ހުރިހާ ބޭފުޅުންނަކީ މީދޫ ރައްޔިތުންގެ ތާއީދާއެކު މި މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް ވާތީ މީދޫގެ ތަރައްގީއަށް މަސައްކަތް ކުރައްވަން އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެކެވެ.
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝާޠިރު އާއި ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިޚާބުވި ރަޝީދާއާއި އަމީން އަދި ސަނީއާއި އިލްޔާސް މީގެ އިތުރަށް ޑަބްލިއުޑީސީގެ މެމްބަރުންގެ ގޮތުގައި އިންތިޚާބުވި ނައުމާއާއި ރަޒާނާ އަދި ލުބުނާއާއި ޝަމާއާއި ނަސީރާއަށް ވީއޯއެމްގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

