އައްޑޫސިޓީ، ހުޅުމީދޫ: މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ ފަރާތުން އައްޑޫސިޓީ ހުޅުމީދޫގައި އަލަށް ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފެސިލިޓީ ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން އޮންނަ މަގުގެ ސަރަހައްދުގައެވެ.
މި އައު ފެސިލިޓީއަކީ އައްޑޫސިޓީއާއި އެ ސަރަހައްދުގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރާއި މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމްކުރެވުނު މުހިންމު ވަސީލަތެކެވެ. މި ފެސިލިޓީ އޮޕަރޭޝަނަށް އައުމާއެކު، މަސް ގަނެ ރައްކާކުރުމާއި، މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުވެ، ދެކުނުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، މިފްކޯގެ އިސް ބޭފުޅުންގެ އިތުރުން އައްޑޫސިޓީގެ މަސްވެރިންނާއި އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

