އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަކީ ހުޅުދޫގެ ކުރިމަގަށް ނުހަނު މުހިއްމު އިންތިޚާބެކެވެ. މި އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ހުޅުދޫގެ ގޮނޑިއަށް ވާދަކުރައްވަނީ ސިޔާސީ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ، ހުޅުދޫ ބީޗްހައުސް، އާއިޝަތު ޙަސަން (އާސްތު) އެވެ.

އާއިޝަތު ޙަސަންއަކީ ސިޔާސީ ދާއިރާގައާއި ކެމްޕެއިން މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ މި ތަޖުރިބާގެ ސަބަބުން، ރަށުގެ އިޖުތިމާޢީ އަދި ސިޔާސީ މަސްރަޙު ދެނެގަނެ، ރައްޔިތުންގެ ބޭނުންތައް ސަރުކާރާ ހަމައަށް ފޯރުކޮށްދިނުމުގެ ފުރިހަމަ ޤާބިލުކަން އޭނާގެ ކިބައިގައި ހުރިކަން ފާހަގަކުރެވެއެވެ.
އާއިޝަތު ޙަސަން މި އިންތިޚާބުގައި ވާދަކުރައްވަނީ މިވަގުތު ރާއްޖޭގައި އޮތް ޕީއެންސީގެ ސަރުކާރުގެ ފަރާތުންނެވެ. މިއީ ހުޅުދޫގެ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ޑަބްލިއުޑީސީގައި ހުރުމަކީ، ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ސަރުކާރުގެ ތެރެއިން ފަސޭހަކަމާއެކު ފަހިކުރުމަށް އެޅޭނެ ބާރެކެވެ. އެހެންކަމުން، އާސްތުއަށް ވޯޓު ދެއްވުމަކީ ހުޅުދޫގެ ތަރައްޤީއަށް ސަރުކާރާއެކު ސީދާ މަސައްކަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ހުޅުދޫގެ ލޮބުވެތި ރައްޔިތުންގެ ކުރިމަގަށްޓަކައި، ރަށަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާނެ ކަނބަލަކަށް އާއިޝަތު ޙަސަން ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ވީމާ، އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ކެނޑިޑޭޓް ނަމްބަރު 8، އާއިޝަތު ޙަސަން (އާސްތު) އަށް ވޯޓުދީ، ބޮޑު އަޣުލަބިއްޔަތަކުން އޭނާ އިންތިޚާބު ކުރުމަކީ ރަށުގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ އެދުމެކެވެ.
މިގޮތުން ހުޅުދޫގެ ރަށްޔިތުންގެ ވޯޓު ކެނޑިޑޭޓް ނަމްބަރު 8، އާއިޝަތު ޙަސަންއަށް ދީ، ވޯޓުފޮށި ފުރާލަމާ ހިނގާށެވެ!
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

