މީދޫ ދާއިރާގެ އަންހެނުންގެ ކުރިމަގު އުޖާލާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުން އަންނަ މަހު 4 ވަނަ ދުވަހު ބާއްވާ މީދޫ ދާއިރާގެ ޑަބްލިއުޑީސީގެ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 1، ފާތުމަތު ވަޒުނާ އަށް ވޯޓް ދެއްވުމަށް މީދޫގެ ލޮބުވެތި ރަށްޔިތުންގެ ފަރާތުން އޭނާ އެދިވަޑައިގެންފިއެވެ.
ފާތުމަތު ވަޒުނާ ވީއޯއެމް އަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މީދޫގެ ކުރިއެރުމަށް ސަރުކާރާއެކު ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރޭގައި ދާއިރާގެ އަންހެނުންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވަޒުނާ ވަނީ ބުނެފައެވެ.

މީދޫ ދާއިރާގެ އަންހެނުންގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތް ކުރުމަކީ ފާތުމަތު ވަޒުނާގެ ވިސްނުމުގައި ހާއްސަ ސަމާލުކަމެއް ދެއްވާ ކަމެކެވެ. މިގޮތުން އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކޮށް އަންހެނުންގެ ހުނަރުތައް ތަރައްގީކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގައި ދިނުމަކީ ވަޒުނާ ކުރައްވާނެ މުހިންމު މަސައްކަތްތަކެކެވެ.
މީގެ އިތުރުން، އަންހެނުންނަށް ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމަކީ ވެސް ވަޒުނާގެ ވިސްނުމުގައި ހިމެނޭ ކަންކަމެވެ. މީގެ ސަބަބުން މީދޫ ދާއިރާގެ އަންހެނުންނަށް އިގްތިސާދީ ގޮތުން ކުރިއަރައި، އާއިލާތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މީދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފާތުމަތު ވަޒުނާ ދަންނަވާލެއްވީ، މީދޫ ދާއިރާގެ ޑަބްލިއުޑީސީގެ ރައީސާކަމަށް އެބޭފުޅާ ހޮއްވަވައި ދެއްވުމަށެވެ. އަންނަ މަހު 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 1 ފާތުމަތު ވަޒުނާއަށް ވޯޓް އަޅައި، ވޯޓްފޮށި ފުރާލައި ދެއްވުމަށް އެބޭފުޅާ ވަނީ އެދިވަޑައިގެންފައެވެ.
މީދޫ ދާއިރާގެ ތަރައްގީއަކީ ހަމައެކަނި އިމާރާތްތަކާއި ރަސްތާތައް ހެދުމެއް ނޫނެވެ. އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކޮންމެ ފަރުދަކަށް ވެސް ކުރިއެރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. ފާތުމަތު ވަޒުނާގެ ވިސްނުމުގައި، ތަޢުލީމާއި، ސިއްޙީ ހިދުމަތްތަކާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތް ކުރުމާއި ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައްވެސް ހިމެނެއެވެ.
މީގެ އިތުރުން، ޒުވާނުންނަށް ހުނަރުވެރިކަމުގެ ތަމްރީންތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރުމާއި ، ކުޅިވަރާއި ރިކްރިއޭޝަންގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ ވެސް ވަޒުނާ މުހިއްމުކަންދެއްވާފައިވާ ކަންތައްތަކެވެ. ވަޒުނާ ދެކޭ ގޮތުގައި މި ހުރިހާ ކަމަކީ ވެސް ސަރުކާރުގެ އެހީތެރިކަމާއެކު ކުރެވިދާނެ ކަންކަމެވެ.
އެހެން ކަމުން ސަރުކާރާއި ގުޅުން ނެތް މީހަކު މިމަގާމަށް ހޮވައިގެން ކުރެވޭނެ ކަންތައްތަކެއް މިއަދުރުގެ ތެރޭގައި ނޯންނާނެކަމަށް ގަބޫލް ކުރެވޭތީ ވަޒުނާ މީދޫ ދާއިރާގެ ޑަބްލިއުޑީސީގެ ރައީސާގެ މަގާމަށް މީދޫ ރަށްޔިތުން ހޮވުމަކީ މީގެ ކުރިމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ވީމާ، މީދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން، އަންނަ މަހު 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 1 ފާތުމަތު ވަޒުނާއަށް ވޯޓް އަޅައި، ވޯޓްފޮށި ފުރާލައި ދެއްވުމަށެވެ. މީދޫގެ ކުރިއެރުމަށާ އަދި މީދޫގެ އަންހެނުންގެ ކުރިމަގު އުޖާލާކުރުމަށް، ތިޔަބޭފުޅުންގެ ވޯޓް ވަރަށް މުހިންމެވެ.
ތިޔަބޭފުޅުންގެ ވޯޓަކީ މީދޫގެ ކުރިމަގަށް ދެވޭ ވޯޓަކަށް ހަދައި އަންނަ މަހު 4 ވަނަ ދުވަހު، ކެންޑިޑޭޓް ނަންބަރު 1 ފާތުމަތު ވަޒުނާއަށް ވޯޓް ދެއްވާށެވެ!
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

