މީދޫގައި މިމަހުގެ 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާ "ރަމަޟާން ވެޓްރަންސް ކަޕް" ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މީދޫ ޓާފް ދަނޑުގައި ކުޅެވޭ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ ޓީމް ސީ އާއި ޓީމް އެފް އެވެ. މި ދެ ޓީމަކީވެސް މުބާރާތުގެ އެކި މަރުޙަލާތަކުގައި މޮޅު ކުޅުމެއް ދައްކައި، ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ދެ ޓީމެވެ.
މި ފޯރިގަދަ މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:15 ގައެވެ. މި މުބާރާތަކީ ރަމަޟާން މަހުގެ ރޭތައް ފޯރިގަދަކުރުމަށާއި، ކުޅިވަރުގެ ރޫޙު އާލާކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މިރޭގެ ފައިނަލް މެޗަށް ދެ ޓީމުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން މި މެޗު ބަލާލުމަށް ދަނޑަށް ޖަމާވާނެ ކަމަށް މިމުބާރާތް އިންތިޒާމްކުރާފަރާތުން އުއްމީދު ކުރެއެވެ.
މައުލޫމާތާއި ފޮޓޯ ވައިބަރ ގްރޫޕް : ބޮނޑޮ ދަނޑި ހަގަރާމަ އިން ނަގާފައި
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

