ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާހިދު، ހުޅުދޫ އަވަށު އޮފީހުގެ މުނިސިޕަލް މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ސާމާނުތަކެއް އެ އޮފީހަށް ހަދިޔާކުރައްވައިފިއެވެ.
މި ސާމާނުތަކަކީ ހުޅުދޫގެ މަގުތަކާއި އާންމު ސަރަހައްދުތައް ބެލެހެއްޓުމަށާއި، އަވަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރެވޭ މުނިސިޕަލް މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ތަކެއްޗެވެ. މި އެހީގެ ސަބަބުން އަވަށު އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
މެމްބަރު މުޙައްމަދު ޝާހިދު ވެދެއްވި މި ދީލަތި އެހީތެރިކަމަށްޓަކައި، ހުޅުދޫ ކައުންސިލަރު ޙުސައިން ފައިޒުއްރަޙްމާން ވަނީ މެމްބަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ކައުންސިލަރުގެ އިތުރުން، ހުޅުދޫ އަވަށު އޮފީހުގެ އެންމެހާ މުވައްޒަފުންގެ ނަމުގައިވެސް މެމްބަރު ޝާހިދަށް ވަނީ އިޚްލާޞްތެރި ޝުކުރު ދަންނަވާފައެވެ.
މުޙައްމަދު ޝާހިދަކީ ދާއިރާގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި އަބަދުވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެން، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

