ނަޞްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އައްޑޫ ސިޓީ ހުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ ހަވީރެއްގައި ބައިވެރިވުމަށް ހުޅުދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެ ކައުންސިލުން ދަޢުވަތު އަރުވައިފިއެވެ.
ހުޅުދޫ ކައުންސިލުގެ ފޭސް ބުކް ޕޭޖްގައި ހާމަކޮށްފައިވާ ގޮތުގައި މި ޙަރަކާތަކީ ނަޞްރުގެ ދުވަހުގެ ޒިކުރާ އައުކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ޙަފުލާއެކެވެ.
މި ޚާއްޞަ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 16:30 ގައެވެ. މި ޙަރަކާތް ކުރިއަށްދާނީ ހުޅުދޫ "ހުސެއިންގެ ފަންނު" ސަރަޙައްދުގައެވެ.
ހުޅުދޫ ކައުންސިލުން ވަނީ މި އުފާވެރި އަދި މުހިންމު ޙަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގައި ބައިވެރިވުމަށް އެދިފައެވެ. މި ހަވީރުގައި ކުޑަކުދިންނާއި ޢާއިލާތަކަށް ޚާއްޞަ ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

