އައްޑޫ މީދޫ ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ޚާއްޞަ ވެހިކަލް ބުރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
"އެންމެން އެކުގައި ވެހިކަލް ބުރެއް" މި ނަމުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ހަރަކާތް އޮންނާނީ މިއަދު، 3 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 16:45 ގައެވެ. މި ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މީދޫ ބަނދަރު ސަރަޙައްދުގައި ހުންނަ މޮނިއުމެންޓް ކައިރިންނެވެ.
މި ހަރަކާތަކީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.
މީދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ވެހިކަލް ބުރުގައި އެ ރަށުގެ ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން އެކި ބާވަތުގެ އުޅަނދުފަހަރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ހަރަކާތް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

