އަންގާރަ ދުވަހުގެ ރޭ ކުޅުނު ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަތުން 3-0 އިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެތުލެޓިކޯ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އެތުލެޓިކޯއަށް ފައިނަލުން ފުރުސަތު ލިބުނީ، މިދިޔަ މަހު މެޑްރިޑުގައި ކުޅުނު ފުރަތަމަ ލެގު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތުމުން، 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އެތުލެޓިކޯ މެޑްރިޑް އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލާފައިވަނީ 2012-13 ވަނަ އަހަރުގެ ސީޒަނުގައެވެ.
މިމުބާރާތުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑާއި ބައްދަލުކުރާނީ ސެމީފައިނަލްގެ ދެވަނަ މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފައިވާ ރެއާލް ސޮސިއެޑާޑްއާއިއެވެ،
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހު ސެވިލްގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

