ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި، އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.
މި ކެމްޕެއިން ފެށުމުގެ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ( 8 ފެބްރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ( ގައެވެ.
މި ރަސްމިއްޔާތު ކުރިއަށްދާނީ ހުޅުދޫ ސްކޫލް ކުރިމަތީގައެވެ.

މި ހަފްލާގައި ޕީއެންސީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންނާއި، ޑަބްލިއުޑީސީ އަށް ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފްކޮށް، އެ ކެނޑިޑޭޓުންގެ ކުރިމަގުގެ ތަޞައްވުރު ހާމަކުރުން އޮންނާނެއެވެ. މިއީ ދާއިރާގެ ތަރައްޤީއަށްޓަކައި ޕާޓީން ގެންގުޅޭ ސިޔާސަތުތައް ރައްޔިތުންނާ ހިއްސާކުރުމަށް ބޭއްވޭ މުހިންމު ހަރަކާތެކެވެ.
މި ރަސްމިއްޔާތު އިންތިޒާމްކުރާ ފަރާތުން އެދިލައްވަނީ، ހުޅުދޫ އަދި މީދޫގެ ވީހާވެސް ގިނަ ރައްޔިތުން މި ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްވުމަށެވެ.
މިއީ ދާއިރާގެ ކުރިމަގާ ގުޅޭ މުހިންމު މަޝްވަރާތަކާއި މަޢުލޫމާތުތައް ލިބިގެންދާނެ ފުރުޞަތަކަށް ވާތީ، ހުރިހާ ބޭފުޅުންނަށް މި ހަފްލާއަށް ވަޑައިގަތުމަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

