ލޯކަލް ކައުންސިލް އިންތިޚާބަކީ ރަށެއްގެ ނުވަތަ ދާއިރާއެއްގެ ކުރިމަގު ބައްޓަންކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ މުހިންމު ފުރުޞަތެވެ. މިގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާގެ ތަރައްޤީއަށާއި، ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާނެ ގާބިލު މީހަކު ހޮވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. މި މަޤާމަށް ކުތިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ އެކަށީގެންވާ އެއް ކެންޑިޑޭޓަކީ ސަނީއެވެ.
ސަނީ އަކީ މީދޫގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރެވޭނެ ތަޢުލީމީ އަދި ހިންގުންތެރި ޒުވާން ކަނބަލެކެވެ. އަންހެނުން ބާރުވެރިކުރުވުމަށާއި، މުޖުތަމަޢުގެ ކުރިއެރުމަށް އޭނާ ގެންގުޅޭ ތަޞައްވުރަކީ މިއަދު މީދޫއަށް ނުހަނު ބޭނުންތެރި ކަންކަމެވެ. އޭނާގެ ހިތްވަރާއި، މަސައްކަތްތެރިކަމަށް ބަލާއިރު، "ސަނީއަށް ވާނެ" ކަމުގެ ފުރިހަމަ ޔަޤީންކަން މިއަދު މީދޫގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.
ޤައުމެއް ނުވަތަ ރަށެއް ތަރައްޤީގެ އައު އުސްމިންތަކަކަށް ވާޞިލުވާނީ ޒުވާނުންނަށް ފުރުޞަތު ދީގެންނެވެ. ޒުވާނުންގެ ހަކަތައާއި، އައު އީޖާދީ ޚިޔާލުތަކަކީ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ބާރެކެވެ. ސަނީ ކައުންސިލަށް އިންތިޚާބުވުމަކީ ޒުވާނުންގެ އަޑު ކައުންސިލްގެ ތެރޭގައި އިއްވުމަށް ލިބޭ ރަން ފުރުޞަތެކެވެ.
މީދޫގެ ކުރިމަގު އުޖާލާކުރުމަށާއި، ރަށުގެ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށްޓަކައި ސަނީ ފަދަ ގާބިލު، ހިންގުންތެރި ޒުވާނަކު ކައުންސިލަށް ހޮވުން ނުހަނު މުހިންމެވެ. ސަނީ އަކީ އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރާނެ ކަނބަލެއްކަން ކަށަވަރެވެ. އެހެންކަމުން، މީދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަގުހުރި ވޯޓު ސަނީއަށް ދެއްވައި، މީދޫ ދާއިރާގެ ކައުންސިލް މެމްބަރަކަށް ސަނީ ހޮއްވަވައިދެއްވުމަކީ މީދޫގެ ކުރިމަގަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

