ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ އަތޮޅު، އަތޮޅު ބުރުގެ ގްރޫޕް ބީގައި ރޭ ކުޅެވުނު މެޗް ހިތަދޫޓީމް ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅެވުނު މިމެޗް ހިތަދޫ ޓީމް ކާމިޔާބުކުރީ ހުޅުދޫޓީމާ ވާދަކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.
Advertisement
މިމެޗްގައި ހިތަދޫގެ ގޯލްތައް ޖަހައިދިނީ އީމާން ނަޒީރާއި ހާޒިމް ފައުޒީ އެވެ
ހުޅުދޫއާއި ހިތަދޫ ބައްދަލުކުރި މެޗުން ހިތަދޫ މޮޅުވެ ހިތަދުއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގެ ފަހު މެޗުގައި ހިތަދޫން ނުކުންނާނީ މީދުއާ ދެކޮޅަށެވެ. އެމެޗުން ހިތަދޫ ބަލިވި ނަމަވެސް ނުކަޓާނެއެވެ. އެއީ ހުޅުދުއަށް ދެމެޗުން އެއް ޕޮއިންޓް ލިބިފައި އޮތުމުންނެވެ.
ހުޅުދުއަށް މިހާރު ސެމީގެ ފުރުސަތެއް އޮތީ ހިތަދޫއާއި މީދޫ ބައްދަލުކުރާ މެޗުން ދެ ގޯލަށްވުރެ ބޮޑު ފަރަގަކުން ހިތަދޫ މޮޅުވެގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

