އައްޑޫ މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް މަރީއަށް، އެ ދާއިރާގެ ހުރިހާ ރައްޔިތުން ތާއީދުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާނު (އައްދު) އެދިވަޑައިގެންފިއެވެ.
މެމްބަރު އަބްދުއްރަހުމާނު މިކަމަށް އެދިވަޑައިގެންފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މަރީއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރެއްވި ޕޯސްޓެއްގައެވެ. މަރީއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ގާބިލް ބޭފުޅާކަން ފާހަގަކުރައްވަމުން، އޭނާގެ ފުރިހަމަ އިތުބާރު މަރީއަށް އޮތްކަން މެމްބަރު ވަނީ ހާމަކުރައްވާފައެވެ.
"އަހަރެން މަރީ ދަންނަން، ސުވާލެއްނެތް، ޑަބްލިއުޑީސީގެ މެމްބަރުކަމަށް ވާދަކުރައްވަން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ވަކި މަރީއަށްވުރެ މަގާމުގެ ޒިންމާއާއި ވާޖިބު އަދާކުރެވޭނެ އަދި ގާބިލް މީހަކު ނެތްކަން ކަށަވަރު، މަގޭ ފުރިހަމަ ތާއީދާއި އިތުބާރު މަރީއަށް"
މެމްބަރު އައްދު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ފައިވެއެވެ.
މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި، ދާއިރާގެ މެމްބަރުގެ ތާއީދު މަރީއަށް ލިބިގެންދިއުމަކީ އޭނާގެ ކެމްޕޭނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.
މެމްބަރު އަބްދުއްރަހުމާނު ވަނީ ދާއިރާގެ ހުރިހާ ރައްޔިތުންވެސް މަރީއަށް ވޯޓު ދެއްވައި، އޭނާ ހޮއްވައިދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

