ދުނިޔޭގެ ވަގުތު ބެހިފައިވާ ގޮތަށް ބަލައި، އެކި ގައުމުތަކުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ފޯރިގަދަ ހަރަކާތްތައް ބާއްވައިފިއެވެ.
އާ އަހަރު އެންމެ ފުރަތަމަ ބައްދަލުކުރި ބޮޑެތި ސިޓީތަކުގެ މޫދުކައިރީ ސަރަހައްދުތަކުގައި، މެންދަމުގެ ވަގުތާ ދިމާކޮށް ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މި މަންޒަރުތައް ބަލާލުމަށް އާންމުން އެއްވާ ތަންތަނަށް ގިނަ އަދަދެއްގެ މީހުން ވަނީ ޖަމާވެފައެވެ.
ވަގުތުތައް ފާއިތުވަމުންދިޔަ ވަރަކަށް، ރިއޯ ޑި ޖެނީރޯގެ ގޮނޑުދޮށްތަކުން ފެށިގެން ނިއުޔޯކްގެ ޓައިމްސް ސްކޮޔަރއާ ހަމައަށް، އެމެރިކާ ބައްރުގެ ގައުމުތަކުން މި އުފާފާޅުކުރުންތަކުގައި ބައިވެރިވެ، އަހަރު ބަދަލުވުމުގެ މުނާސަބާ ފޯރިގަދަކޮށްވަނީ ފާހަގަކޮށްފައެވެ.
މި ފޮޓޯ ގެލެރީން ފެނިގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން 2026 ވަނަ އަހަރުގެ ފެށުން ފާހަގަކުރަމުންދިޔަ ގޮތް ފާހަގަކޮށްލެވޭ މަންޒަރުތަކެވެ.
![އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސެންޓިނަރީ މެތޮޑިސްޓް ޗާޗުގައި، އާ އަހަރު ފާހަގަކުރުމަށް ބޭއްވި އަޅުކަމުގެ ތެރެއިން ދުޢާކުރުމަށްފަހު، އަންހެން ކުއްޖެއްގެ މޫނުމަތިން ފެންނަ އަސަރުތައް. [ފޮޓޯ: މަހޭޝް ކުމާރު އޭ/ އޭޕީ]](http://voiceofmeedhoo.com/wp-content/uploads/2026/01/1-1-300x198.jpg)
![ޗައިނާގެ ބެއިޖިންގްގައި ހުންނަ ޝޮޕިންގް މޯލެއްގައި ބޭއްވި އާ އަހަރުގެ ކައުންޓްޑައުން ހަރަކާތުގައި، 2026 ވަނަ އަހަރު ފެށުން ފާހަގަކުރަމުންދިޔަ މީހުންގެ ގަޔަށް ކޮންފެޓީ އުކަމުންދާ މަންޒަރު. [ފޮޓޯ: އެންޑީ ވޮންގް/އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/01/2-300x191.jpg)
![2026 ވަނަ އަހަރު ފެށުން ފާހަގަކުރުމަށްޓަކައި، ހޮންގްކޮންގްގެ މަރުކަޒީ ސަރަޙައްދުގައި (ސެންޓްރަލް ޑިސްޓްރިކްޓް) ބޭއްވި އާ އަހަރަށް މަރުޙަބާ ކިޔުމުގެ 'ކައުންޓްޑައުން' ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީއެވެ.[ފޮޓޯ: ޗޭން ލޯންގް ހެއި/ އޭޕީ]](http://voiceofmeedhoo.com/wp-content/uploads/2026/01/3-300x186.jpg)
![ޑިކް ކްލާކްސް ނިއު އިޔާސް ރޮކިން އީވް ވިތް ރަޔަން ސީކްރެސްޓް 2026" ގެ ހުށަހެޅުންތެރިން ކަމަށްވާ ރަޔަން ސީކްރެސްޓް އަދި ރީޓާ އޮރާ، ނިއު ޔޯކް ސިޓީގެ ޓައިމްސް ސްކޮޔަރގައި ބޭއްވުނު އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، އެ ސަރަޙައްދުގައި ހުންނަ މަޝްހޫރު ބޯޅަ (ball) ކައިރިން ފެނިގެންދަނީ.[ފޮޓޯ: ޓެޑް ޝެފްރީ / އޭޕީ]](http://voiceofmeedhoo.com/wp-content/uploads/2026/01/4-300x187.jpg)
![ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ވެރިރަށް ކިއީވްގައި ކާފިއު ހިންގުމުގެ ކުރިން އައު އަހަރު ފާހަގަކުރުމަށް ކްރިސްމަސް ގަހެއްގެ ކައިރީގައި ބައެއް މީހުން "ސްޕާކްލަރ" ހިފައިގެން ހަރަކާތްތެރިވަނީ. [ގްލެބް ގަރަނިޗް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/01/7-300x198.jpg)
![ތައިލެންޑުގެ ބެންކޮކްގައި އާ އަހަރު ފާހަގަކުރުމަށް ބޭއްވި ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ހަވާއަރުވަނީ. [ޝަލިނީ ތިރަސޫޕާ/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/01/8-300x190.jpg)
![ރަޝިޔާގެ މޮސްކޯގެ ރެޑް ސްކޮޔަރގައި، އާ އަހަރު ފެށޭ ރޭގެ އުފަލުގައި ބައެއް މީހުން ކެރޮސެލްއެއްގައި ވަގުތު ހޭދަކުރަނީ. [ފޮޓޯ: ޕަވެލް ބެޑްނިޔާކޯވް / އޭޕީ]](http://voiceofmeedhoo.com/wp-content/uploads/2026/01/9-300x191.jpg)

![އާ އަހަރު ފާހަގަކުރުމުގެ ގޮތުން ސިޑްނީގައި ބާއްވާ ހަރަކާތްތައް ފެށުމާއެކު، އެ ރަށުގެ މަޝްހޫރު ހާބަރ ބްރިޖް މަތީގައި ކުލަގަދަ ހަވާގެ ކުޅިވަރުތައް ދައްކާލަނީ. [ފޮޓޯ: ރިކް ރައިކްރޮފްޓް / އޭޕީ]](http://voiceofmeedhoo.com/wp-content/uploads/2026/01/12-300x195.jpg)



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

