މި ރިޕޯޓްގައި މިވަނީ، މީދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް، ހަސަން ހަމީދުގެ މަސައްކަތްތަކާއި، އެބޭފުޅާގެ ތަޢުލީމީ އަދި މަސައްކަތުގެ ތަޖުރިބާގެ އިތުރުން މީދޫގެ ކުރިއެރުމަށް އެބޭފުޅާ ކޮށްދެއްވާފައިވާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
# ތަޢުލީމީ ފެންވަރު:
ހަސަން ހަމީދަކީ، ތަޢުލީމީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. މިގޮތުން ހަސަން ހަމީދު ވަނީ އެޑިއުކޭޝަން މެނޭޖްމެންޓް އެންޑް ލީޑަރޝިޕްގެ ދާއިރާއިންނާއި، އޮފީސް ހިންގުމުގެ ދާއިރާއިންނާއި، ގާނޫނީ ދާއިރާއިން ތަޢުލީމް ޙާސިލްކުރައްވާފައެވެ. ތަޢުލީމީ ފެންވަރަށް ބަލާއިރު ހަސަން ހަމީދަކީ ކައުންސިލްގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެ ބޭފުޅެއްކަން ކަށަވަރެވެ.
# މަސައްކަތުގެ ތަޖުރިބާ:
މީގެ އިތުރަށް ހަސަން ހަމީދަކީ އެހެނިހެން ދާއިރާތަކުގައިވެސް މަސައްކަތްކޮށްފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މިގޮތުން:
މިފްކޯގެ ސްޕަވައިޒަރެއްގެ މަގާމު ފުރުއްވާފައިވެއެވެ.
މީދޫ ދަނޑުވެރީންގެ ޖަމްއިއްޔާގެ ޗެއާމަންކަން ކުރައްވާފައިވެއެވެ.
ފަސް ސްކޫލެއްގެ ވެރިއެއްގެ މަގާމު ފުރުއްވާފައިވެއެވެ. މި ތަޖުރިބާތަކަކީ، ހަސަން ހަމީދުގެ އިދާރީ ހުނަރާއި، މީހުންނާއެކު މަސައްކަތްކުރުމުގެ ޤާބިލްކަން ދައްކުވައިދޭ ކަންކަމެވެ.
# މީދޫގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ ހިދުމަތްތައް:
ހަސަން ހަމީދަކީ، މީދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން:
މީދޫގެ ކުރިއެރުމަށް ހިންގާ ގިނަ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.
އަދި ހަސަން ހަމީދުގެ ޗެއަރމަންކަމުގެ ދަށުގައި މީދޫ ދަނޑުވެރީންގެ ޖަމްއިއްޔާގެ އޮފީސް އިމާރާތް ޒަމާނީ ފެންވަރަށް ބިނާކޮށްފައިވެއެވެ.
މީދޫއަށް ކުޅިވަރުގެ ދާއިރާއިން ރަންވަނަތަކެއް ހޯދާދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާއިރު، މިހާރުވެސް މީދޫގައި ހިންގާ ގިނަ ކުޅިވަރުތައް ހިންގުމަށް އެހީތެރިވެދެއްވައެވެ.
މީދޫގައި ބާއްވާ ޖަލްސާތަކާއި އިވެންޓްތައް ހުށަހަޅުއްވައިދެއްވުމުގައި ހަސަން ހަމީދުގެ ހިދުމަތް މިހާރުވެސް ލިބެމުންދެއެވެ.
# މުސްތަޤްބަލްގެ ރޭވުންތައް:
ހަސަން ހަމީދު ވަނީ، މީދޫގެ އިޤްތިޞާދީ، އިޖްތިމާޢީ، ޢުމްރާނީ، ތަޢުލީމީ، އަދި ސިއްޙީ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. މި މަސައްކަތްތައް ކުރައްވާނީ މީދޫގެ ރައްޔިތުންނާއި ކައުންސިލް މެމްބަރުންނާއި ގުޅިގެން ކަމަށްވެސް ހަސަން ހަމީދު ވިދާޅުވެއެވެ.
# ނިންމުން:
މިހުރިހާ ކަމަކަށް ބަލާއިރު، ހަސަން ހަމީދަކީ، މީދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް އެންމެ އެކަށޭނަ އެއް ކެނޑިޑޭޓެވެ. ހަސަން ހަމީދުގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ އަދި މީދޫގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުން އެކަން ހާމަވެއެވެ.
ވީމާ، މީދޫގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންފުޅުވާ ހުރިހާ ރައްޔިތުން ކެނޑިޑޭޓް ނަމްބަރު 5، ހަސަން ހަމީދުއަށް ވޯޓް ދެއްވުމަށް އިލްތިމާސްކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

