ޑާކް ރެއިންގެ “އަލްވަދާޢު” އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުގެރޭ މީދޫގައި ދައްކާގޮތައް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ.
އަސަރުގަދަ ލޯބީގެ މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
އޮލިމްޕަހުގައި މިފިލްމު އަޅުވައިގެން، ސޯޝަލް މީޑިއާގައި ފިލްމް ބެލި މީހުންގެ ކޮމެންޓްތަކާއި އުދާސްތައް ބަންޑުންކޮށްލިއިރު މި ފިލްމު ވެގެންދިޔައީ ބެލުންތެރިންގެ ހިތާކުޅެލި ފިލްމަކަށެވެ. ބައެއް މީހުން ރޮށްވާލިއިރު އަނެއްބައި ބެލުންތެރިން އަލްވަދާޢު ސިފަކުރީ މިއީ އޮލިމްޕަހުން މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތު ފިލްމުގެ ގޮތުގައެވެ. އަދި މިއީ އާއިލާގެ ހުރިހާ އެންމެން އެކުގައި ބަލާލެވޭ ، މުޖުތަމައުގެ ބައެއް ކަންކަމާއި މީގެއިތުރުންވެސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ގުޅުންތަކުގެ މުހިންމު މެސެޖުތަކެއް ލިބިގެންދިޔަ ފިލްމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

