ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން، ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ "ދަންމަރު" ދީނީ ދަރުސް ޕްރޮގްރާމް މިރޭ (28 ނޮވެމްބަރ 2025 ވާ ހުކުރުދުވަހުގެރޭ) ހުޅުމީދޫ ޕޮލިސް ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ދަރުސް ޕްރޮގްރާމްގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ، އައްޝެއިޚް މުހައްމަދު ޝަމްއޫނުއެވެ.
މިރޭގެ ދަރުސްގެ މައުޟޫއަކީ "ތިބާ އަންނާށެވެ !" އެވެ. މި ދަރުސް އިންތިޒާމްކޮށްފައިވަނީ ހާއްސަކޮށް ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރިވެތި އުސޫލުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ބޭނުމުގައެވެ.
ދަރުސް އިންތިޒާމްކުރާ ފަރާތުން ވަނީ ހުޅުދޫ އަދި މީދޫގެ ވީހާގިނަ ރައްޔިތުން މި ޕްރޮގްރާމްގައި ބައިވެރިވެ، މަޝްހޫރު ދީނީ އިލްމުވެރިޔާގެ ނަސޭހަތް އަޑުއެއްސެވުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

