ހުޅުމީދޫ ކުނިކޮށީގެ ބޭރަށް އަޅާފައިވާ ކުނިތަކުގައި އަލިފާން ޖެހުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދުމުގެ އަސަރުކޮށް ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ.
ހުޅުމީދޫގައި އުފެދޭ ހުރިހާ ޒާތެއްގެ ކުނި ޖަމާކޮށްފައިވާ މިތަނުގައި އަލިފާންޖަހާ އަންދަމުންދާއިރު އެންމެ ނުރައްކާތެރި ދުން އަރާ ނެޕީއާއި އަދި އެހެނިހެން ވިހަ ދުން އަރާނެ އެތައް ކުންޏެއް އެތަނުގައި ހުރެއެވެ.
ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން ސިއްހީދާއިރާގައި މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވީ ކުނިކޮށިން އަރާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް، ފަދަ ސިއްހީ ގޮތުން އެތަށް ނުރައްކާތެރި ވިހަ ދުން އަރާނެކަމަށެވެ.
މީދޫ ކުނިކޮށި ކައިރި ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ ގޭގައި ތިބޭއިރުވެސް ދުމުގެ ސަބަބުން ނޭވާލާން ވަރަށްބޮޑަށް އުދަގޫ ވާކަމަށެވެ، ހާއްސަކޮށް މިދުވަސްވަރު ވައިހުރިގޮތުން ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރާތީ ނޭވާކުރުވެ ހާސްވާގޮތްވާ ކަމަށެވެ.

ހުޅުމީދޫ ކުނިކޮށިން އަރަމުންދާ ދުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާތީ މީދޫ ކައުންސިލަރު ސާލިހާއަށް ގުޅުމުން ވިދާޅުވީ ކުނިކޮށި ނިއްވާލުމުގެ ކަންތައްތަކާ ވާހަކަ ދެއްކެވުމަށް ވެމްކޯގެޟިރާރުއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާކަމަށެވެ.
" ޟިރާރުއަށް ގުޅޭގޮތް ނުވުމުން ވެމްކޯގެ ޝަހުނީމުއަށް ގުޅިން ، ޝަހުނީމު ވިދާޅުވީ ކުނިކޮށީގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރެވޭނީ އެކްސްކަވޭޓަރެއް ލިބިގެން ކަމަށް "
ސޯލިހާ ވިދާޅުވިއެވެ.
ސޯލިހާ ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން މިހަފްތާގައި އެކްސްކަވޭޓަރު އޮންނާނީ ހުޅުދޫގައި ކަމަށެވެ. އެހެންކަމުން، ހުޅުދޫ އަވަށު އޮފީހުން ދޫކޮށްގެން ނޫންގޮތަކަށް އެ މަސައްކަތް ކުރުމަށް އެކްސްކަވޭޓަރު ލިބެން ނެތްކަމަށް ސޯލިހާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ހުޅުދޫ ކައުންސިލަރު ފައިޒުއަށް ގުޅުމުން ފައިޒް ވިދާޅުވީ، ކުނިކޮށި ނިއްވުމުގެ މަސައްކަތަށް އެކްސްކަވޭޓަރު ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަވައިގެން ދޫކުރެވޭނެ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރިކޮށްގެން މެނުވީ ދުޅަހެޔޮ މުޖުތަމައެއް ބިނައެއް ނުކުރެވޭނެއެވެ. ވިހަ ދުމުގެ ސަބަބުން މިހާރު ލިބޭ ގެއްލުންތައް ފާހަގަ ނުވިކަމުގައި ވިޔަސް އެކަމުގެ އަސަރު އުމުރުގެ ފަހުކޮޅު ވަރަށް ހިތްދަތި ގޮތަކަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި ވިހަދުމުގެ ސަބަބުން ނުރައްކާތެރި އެތައް ޖަރާސީމެއްގެ އަސަރު ކުރާނީ ހަމައެކަނި އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކަމަށް ބަލައިގެން ނުވާނެއެވެ.
މިއީ، މުޅި ރަށުގެ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ މައްސަލައެކެވެ މިއީ ކޮންމެ ބައެއްގެ ޒިންމާއެއްކަމަށް ވިޔަސް މިކަމަށް އަވަސް އަދި ހަރުދަނާ އުސޫތަކެއް ހަމަޖައްސަން އެބަޖެހެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

