ނޭޕާލްގައި ކުރަމުންދާ މުޒާހަރާގެ ބައިވެެރީން އެގައުމުގެ ކުރީގެ ފަސްޓްލޭޑީގެ ގެކޮޅުގައި އަލިފާން ޖެހުމުން ފަސްޓްލޭޑީ އަވަހާރަވެއްޖެ އެވެ.
އެކަން ބައިނަލްއަގްވާމީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައިވާގޮތުން މުޒާހަރާގެ ބައިވެރީން ވަނީ ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ޖަލާނާތުގެ އަނބިކަނބަލުން ރާޖްޔަލަކްސްމީގެ ގެކޮޅުގައި އަލިފާން ޖެހުމުގެ އެކަމަނާ އަވަހާރަވެފައިވަނީ އަވަހާރަވެފައެވެ.
އެކަމަނާގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް ފިިހިފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ނޭޕާލްގެ ހާލަތު ގޯހުން ގޯހަށް ގޮސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ވަޒީރުންގެ ގެކޮޅުތަކުގައި ވެސް ވަނީ ހުޅު ޖަހާ އަންދާލާފަ އެވެ. ދައުލަތުގެ އެތައް އިމާރާތަކަށް ވެސް މުޒާހިރާގެ ބައިވެރީންބޮޑެތި ގެއްލުންތައް ދީފައިވާއިރު މިމުޒާހަރާގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

