ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކުރައްވާ، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އައްޔަނުކުރައްވައިފި އެވެ.
އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އިޢުލާނު ކުރައްވާފަ އެވެ.
ސްޓެލްކޯގެ ވެރިއަކަށް ފަހްމީ ހަމަޖެއްސެވީ ނޮވެންބަރު 28, 2023 ގަ އެވެ. އޭރު އޭނާ ހުންނެވީ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
ޓްރޭނިންގ އޮފްސަރެއްގެ ގޮތުގައި ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނައަހަރުއެވެ. އޭގެ ފަހުން ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވެ އެވެ.
ސްޓެލްކޯގެ ހިންގުން ހަވާލުކުރެއްވި ޝަމާހް, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުން ވަކިކުރެއްވީ މެއި 21, 2024 ގަ އެވެ.
ކަރަންޓް ކުންފުނީގެ އިސްވެރިޔާގެ މަޤާމަށް ބަދަލު ގެންނެވީ މި ފަހުން ގްރޭޓާ މާލެ ސަރަޙައްދުން ކަރަންޓް ކެނޑުން އިތުރުވެފައި ވަނިކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

