ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަން އެނގިއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޖުބްރާން ޝަރީފް ނަމަކަށް ކިޔާ މީހަކު އެ މައުލޫމާތުތައް ހޯދަން ހުށަހެޅުމުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ޚަރަދު ވެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ.
ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދައުލަތުން ދެނީ މަހަކު 24،000 ރުފިޔާއެވެ.
2014 އިން 2025 މެއި މަހުގެ ނިޔަލަށް މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ކުރި ޚަރަދު:
2014 ވަނަ އަހަރު 562،500 ރުފިޔާ
2015 ވަނަ އަހަރު 562،500 ރުފިޔާ
2016 ވަނަ އަހަރު 565،000 ރުފިޔާ
2017 ވަނަ އަހަރު 1،056،000 ރުފިޔާ
2018 ވަނަ އަހަރު 1،056،000 ރުފިޔާ
2019 ވަނަ އަހަރު 2،328،000 ރުފިޔާ
2020 ވަނަ އަހަރު 2،328،000 ރުފިޔާ
2021 ވަނަ އަހަރު 2،280،000 ރުފިޔާ
2022 ވަނަ އަހަރު 2،280،000 ރުފިޔާ
2023 މެއި މަހުން 2024 އޭޕްރިލްއަށް 2،280،000 ރުފިޔާ
2024 މެއި މަހުން 2025 އަށް: 3،624،000 ރުފިޔާ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

