1 ސެޕްޓެމަބަރ އަކީ ޤައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
މާމަ ކާފައިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސެވެ. އެ ބޭފުޅުންގެ އޯގާތެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބިންގަލެކެވެ. އެ ބޭފުޅުންގެ ފަރާތުން ލިބޭ ނަސޭހަތްތަކާއި އިރުޝާދުތަކަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ސިއްރެވެ. އެހެންކަމުން، އެ ބޭފުޅުންނަށް އިޙްތިރާމްކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
މާމަ ކާފައިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ ބޭފުޅުން ޤައުމަށާއި އެ ބޭފުޅުންގެ އާއިލާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމެވެ. މި ދުވަހަކީ އަޅުގަނޑުމެން އެ ބޭފުޅުންނަށް ޝުކުރުއަދާކޮށް އިޙްތިރާމްކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މި ދުވަހާ ގުޅިގެން ގިނަ އާއިލާތަކުން މާމަ ކާފައިންނަށް ޚާއްޞަ ސަމާލުކަމެއް ދީ، އެ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ހަރަކާތްތައް ހިންގައެވެ. ބައެއް ފަރާތްތަކުން އެ ބޭފުޅުންނަށް ހަދިޔާ ދިނުމާއި، ޚާއްޞަ ކެއުންތައް ތައްޔާރުކޮށްދިނުމާއި، އެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރުން ފަދަ ކަންކަން ކުރެއެވެ. އަދި ބައެއް ސްކޫލްތަކުންނާއި މުއައްސަސާތަކުން މި ދުވަހާ ގުޅިގެން ޚާއްޞަ ހަރަކާތްތައް ބާއްވައެވެ.
ދިވެހި މުޖުތަމަޢުގައި މިއަދުގެ ޒުވާނުންނާއި ކުޑަކުދިންނަށް މާމަ ކާފައިންގެ މުހިންމުކަން ހަނދާންކޮށްދީ، އެ ބޭފުޅުންގެ ތަޖުރިބާއާއި ނަސޭހަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހިތްވަރުދިނުމަށް ބާރު އެޅުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް ދޮށީ އުމުރުގެ ބޭފުޅުންނަށް އިޙްތިރާމްކުރުމުގެ މުހިންމުކަން އުނގަންނައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދޮށީ އުމުރުގެ ބޭފުޅުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އެކަނިވެރިކަމާއި، ޞިއްޙީ ދަތިތަކާއި، އިޖްތިމާޢީ އެކަހެރިވުން ހިމެނެއެވެ. މިއަދު ބައެއް ޢާއިލާތަކުގައި މައިންބަފައިންވެސް މަސައްކަތްކުރާތީ، ދޮށީ އުމުރުގެ ބޭފުޅުންނަށް ބޭނުންވާ ސަމާލުކަން ދިނުމަށް ވަގުތު ނުލިބުމަކީ ދިމާވާ މައްސަލައެކެވެ. އަދި ބައެއް ފަހަރު ދަރިން ރަށުން ބޭރުގައި ދިރިއުޅެން ޖެހުމުން ، ދޮށީ އުމުރުގެ ބޭފުޅުން އެކަނިވެރިވެ، އެކަހެރިވެގެން ދެއެވެ.
މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދޮށީ އުމުރުގެ ބޭފުޅުންނަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގުމާއި، އެ ބޭފުޅުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި ދޮށީ އުމުރުގެ ބޭފުޅުންނަށް ޚާއްޞަ މަރުކަޒުތައް ޤާއިމުކުރުމާއި، އެ ބޭފުޅުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީވެސް މުހިންމު ކަމެކެވެ.

ޤައުމީ މާމަ ކާފައިންގެ ދުވަހަކީ ހަމައެކަނި އެއް ދުވަހުގެ ކަމަކަށް ނަހަދާ، އަހަރު ދުވަހުގެ ހުރިހާ ދުވަހެއްގައިވެސް މާމަ ކާފައިންނަށް އިޙްތިރާމްކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުން މުހިން ދުވަސްތަކެއްކަމުގައި ހަދަމާތޯއެވެ.
ދިވެހި މުޖުތަމަޢުގައި މިއަދުގެ ޒުވާނުންނާއި ކުޑަކުދިންނަށް މާމަ ކާފައިންގެ މުހިންމުކަން ހަނދާންކޮށްދީ، އެ ބޭފުޅުންގެ ތަޖުރިބާއާއި ޙިކުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހިތްވަރުދިނުމަށް ބާރު އެޅުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. އެހެންކަމުން، ދޮށީ އުމުރުގެ ބޭފުޅުންނަށް އިޙްތިރާމްކުރުމާއި، އެ ބޭފުޅުންގެ އަގު ވަޒަންކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
އަޅުގަނޑުމެންގެ މާމަ ކާފައިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސެވެ. އެ ބޭފުޅުންގެ އޯގާތެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބިންގަލެކެވެ. އެހެންކަމުން، އެ ބޭފުޅުންނަށް އިޙްތިރާމްކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މާމަ ކާފައިންގެ ދުވަހުގެ ހެޔޮ އެދުންތައް އަޅުގަނޑުމެންގެ ލޮބުވެތި ހުރިހާ ދޮށީ އުމުރުގެ ބޭފުޅުންނަށް އަރިސްކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

