ނެޓްފްލިކްސްގެ މަޝްހޫރު "ވަން ޕީސް" ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ ޓެޒް ސްކައިލަރ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރޝިޕް ޕްރޮގްރާމުގެ ދަށުން ރާއްޖެ އައިސްފައިވާ ސްކައިލަރ، ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ހޭދަކުރާނެއެވެ. މި މުއްދަތުގައި އޭނާ ރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާނެއެވެ.

ސްކައިލަރގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ތަޖުރިބާކުރާނެއެވެ. އަދި ދިވެހި ޘަޤާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ތަޖުރިބާކުރުމަށްވެސް ހަމަޖެހިފައިވެއެވެ
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ.
"ސްކައިލަރގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އިޝްތިހާރުކޮށް ދިވެހިރާއްޖެއަކީ ފައިހަމަ ކުރުމަށް މަގުފަހިވެގެންދާނެ"
ވީއެމްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
ސްކައިލަރގެ ޒިޔާރަތް މެދުވެރިކޮށް، ވިޒިޓް މޯލްޑިވްސްއިން އަމާޒުކުރަނީ އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗަރ ފަތުރުވެރިންނަށް ވާޞިލްވެ، ދިވެހިރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަޤާމު ދެމެހެއްޓުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

