ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމްކުރާނީ އައްޑޫ ސިޓީގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
މިކަން އޭނާ ހާމަކުރެއްވީ ކުޅުދުއްފުށި ސިޓީގައި އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފުރަތަމަ ފްރީ ޒޯން ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ގާއިމްކޮށްފައެވެ. ފްރީ ޒޯންތަކަކީ، ރާއްޖެއަށް މުދާ ގެނެސް، މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެވެ.
"މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ،"
ރިޝްވާން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ފްރީ ޒޯނާއެކު، އެ ބަނދަރުން ދޭ ޚިދުމަތްތައް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ބޮންޑެޑް ޒޯންތަކުގެ އިތުރުން، ބަލްކް ކާގޯ ރައްކާކުރެވޭނެ ޖާގަތައް ތަޢާރަފްކޮށް، އެތެރޭގެ މުދާ އުފުލާ ބޯޓުތަކަށް ޚިދުމަތް ދިނުމަށް ބަނދަރުން ބައެއް ކަނޑައަޅާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

