މެލޭޝިއާ ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މެލޭޝިއާ ފުލުހުން ހައްޔަރުކޮށްފައިވަނީ އަބްދުﷲ ބާތިން މުހައްމަދު ނަމަކަށްކިޔާ ދިވެއްސެކެވެ.
އެނގިފައިވާ ގޮތުގައި ބާތިން އާ ދެކޮޅަށް ގެވެށި އަނިޔާގެ ދެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ކުރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނުއިރު، އޭނާ ހޯދައި ހައްޔަރު ކުރުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ވަނީ އެދިފައެވެ. މެލޭޝިއާ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ބާތިންގެ ފޯން ނަންބަރާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްގެން، އޭނާ އަތުލައިގަތީ ފޯނު ނަންބަރު ޓްރޭސްކޮށްގެން މެލެޝިއާގެ މަގުމަތިން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ބާތިން އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ އިރު، އިތުރު ދެ މީހަކަށް ބާތިން އިންޒާރު ދިން ކަމަށްއެވެ. މި މައްސަލަ މެލޭޝިއާ ފުލުހަށް ހުށަހަޅާފައިވާއިރު، ކުދިން ސްކޫލަށް ފޮނުވާ ނަމަ، ކުދިންނަށްވެސް ހަމަލާ ދޭނެ ކަމަށް ބުނެ ބާތިން އިންޒާރު ދީފައިވާކަން މައުލޫމާތު އެނގޭ މީހަކު ކިޔައި ދީފައިވެއެވެ.
އެނގިފައިވާ ގޮތުގައި ބާތިންގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުނު މައްސަލަ، ގެވެށިއަނިޔާގެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުތަކެއްވެސް ވަނީކޮށްފައެވެ.
މި މައްސަލަތަކާއި ގުޅިގެން ދެ ގައުމުގެ ފުލުހުން ހިންގާ ތަހުގީގަށް ބާތިން ހައްޔަރުކޮށް އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މެލޭޝިއާގެ ކޯޓަކަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

