ނުކުޅެދުންތެރިކަން ހުންނަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ، އުމުރުން ދުވަސްވީ މީދޫ މީހަކު 19 އަހަރަށް ޖަލަށް ލުމަށް މީދޫ މެޖިސްޓޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އުމުރުން 72 އަހަރުގެ މިފިރިހެން މީހާއަށް ޖިންސީ ގޯނާގެ ހުކުމް ކުރި ދުވަހު، އާއްމުތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމުގެ ކުށުގައި އިތުރު 1 އަހަރަށް ޖަލަށް ލުމަށްވެސް ހުކުމް ކުރެވުނެވެ.
Advertisement
ޖިންސީ ގޯނާކުރުމުގެ ކުށުގައި 19 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވުނު މިހާއަކީ 2011 ވަނަ އަހަރުވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލެއް ހިންގުމުގެ ކުށުގައި 6 މަސްދުވަހަށް ޖަލު ހުކުމެއްކޮށްފައިވާ މީހެކެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

