އައްޑޫ ސިޓީގެ އަދަބީ ދުނިޔެއަށް ޚިދުމަތްކުރައްވާފައިވާ މުނިވެދިޔަ ލިޔުންތެރީންގެ ހަނދާން އާކޮށް، އެބޭފުޅުންގެ މަސައްކަތްތައް އަލުން އާލާކުރުމުގެ މަޤްޞަދުގައި، "ޝާޢިރުންގެ ވާދީގެ މަލަ ސީރީސް" ގެ ތެރެއިން، އައްޑޫ ސިޓީން މުނިވެދިޔަ ލިޔުންތެރީންނަށް ޚާއްޞަކުރެވިފައިވާ ޢަދަދު "ލިޔުންތެރިންގެ ދަނާވަތިން - އެއްވަނަބައި" ނެރެފިއެވެ.
މި ޚާއްޞަ ޢަދަދު ނެރެދެއްވާފައިވަނީ އައްޑޫ ސިޓީގައި ޤައުމީދުވަހު ބޭއްވު ޚާއްޞަ ޖަލްސާގައި، އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރ ޢަލީ ނަޒާރެވެ.
މި ޚާއްޞަ ޢަދަދަކީ އައްޑޫ ސިޓީގެ އަދަބީ ދުނިޔެއަށް ޚިދުމަތްކޮށް، މިހާރު ދުނިޔެއާ ވަކިވެފައިވާ ލިޔުންތެރީންގެ ހަނދާން އާކޮށް، އެބޭފުޅުންގެ މަސައްކަތްތައް އަލުން އާލާކުރުމުގެ މަޤްޞަދުގައި ނެރެވުނު ޢަދަދެކެވެ. މިއީ އައްޑޫ ސިޓީގެ މުއްސަނދި އަދަބީ ތަރިކަ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ިމިފަދަ ޤައުމީ މުނާސަބަތެއްގައި، އަދަބީ މަސައްކަތްތަކަށް ޚާއްޞަ ޢަދަދެއް ނެރުމަކީ، އައްޑޫގެ އަދަބީ ތަރިކަ ދިރުވައި އާލާކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.
އައްޑޫ ސިޓީން މުނިވެފައިވާ ލިޔުންތެރީންގެ މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވައި، އެބޭފުޅުންގެ ނަން ޖީލުތަކަކަށް ދެމިގެންދާނޭހެން "ލިޔުންތެރިންގެ ދަނާވަތިން"ގެ ނަމުގައި ފޮތެއް ލިޔުއްވީތީ، ޝާޢިރުންގެ ވާދީގެ ލޮބުވެތި ރައީސް ޙަސަން ލަބީބަށް މި ފުރުސަތުގައި ސާބަސް ދަންނަވައި ޝުކުރު އަދާކުރަމެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

