އައްޑޫ ސިޓީ މީދޫގައި އަލަށް ތަރައްޤީކުރި ކުޑަކުދީންގެ ޕާކް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އައްޑޫގެ ހުރިހާ ލޮބުވެތި ކުޑަކުދީންނަށް މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވަނީ ދައުވަތު އަރުވާފައެވެ.
މިރަސްމިއްޔާތު އޮންނާނީ މިއަދު، 24 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:45 ގައި، މީދޫ ކުޑަކުދީންގެ ޕާކްގައެވެ. ކުޑަކުދީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރެވުނު މިޕާކަކީ މީދޫގެ ކުޑަކުދީންނަށް ހިތްފަސޭހަ މާޙައުލެއްގައި ވަގުތު ހޭދަކޮށް، ކުޅެ އުޅުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
ކައުންސިލަރު އާމިނަތު ސާލިހާގެ ފަރާތުން ދެއްވާފައިވާ ދައުވަތުގައި، މިރަސްމިއްޔާތަށް ވަޑައިގަންނަވާއިރު ދިވެހި ހެދުމެއް އިޚްތިޔާރުކުރުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށް ކައުންސިލުން ހާމަކުރައްވާފައިވެއެވެ. މިގޮތައް ދިވެހި ހެދުމެއް އިޚުތިޔާރުކުރުމަކީ ދިވެހި އާދަކާދަތައް ދިރުވުމަށް އިސްކަންދިނުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
މި ޕާކް ހުޅުވުމުގެ ރަސްމިއްޔާތަކީ އައްޑޫގެ ކުޑަކުދީންނަށް ޚާއްސަކޮށް މީދޫގެ ކުޑަކުދީންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ އިތުރުން، އެމީހުންގެ ހުސްވަގުތުތައް ބޭނުންހިފިދާފަދަ ގޮތަކަށް ހޭދަކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ. މި ރަސްމިއްޔާތަށް ހުރިހާ ކުޑަކުދީން ވެސް ވަޑައިގެން ދިވެހި ހެދުމުގައި ބައިވެރިވެ، މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ކައުންސިލަރު ވަނީ އެދިލައްވާފައެވެ.










ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

