ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންތިޒާމުކުރާ ޚާއްސަ "ބީވާ އާއިލީ ހަވީރު" އޯގަސްޓް މަހުގެ 22 އަދި 23 ވަނަ ދުވަހު މޫސާގެ ފަންނު ދަނޑުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަވީރަކީ އާއިލާތަކަށް އެކުގައި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މި ހަވީރު އިންތިޒާމުކުރާ ފަރާތްތަކުން ވަނީ، ގައުމީ ދުވަހާ ގުޅިގެން ބާއްވާ މި "ބީވާ އާއިލީ ހަވީރު" ގައި ބައިވެރިވުމަށާއި ބަލާލުމަށް ވީހާ ގިނަ ފަރާތްތަކަކުން ވަޑައިގެން ދެއްވުމަށް ވަރަށް ބޮޑަށް އެދިފައެވެ. މި ހަވީރަކީ ވަކި އުމުރެއްގެ ބަޔަކަށް ޚާއްސަކޮށް ބޭއްވޭ ހަވީރެއް ނޫނެވެ. ކޮންމެ އުމުރެއްގެ ބޭފުޅުންނަށްވެސް މި ހަވީރުގައި ބައިވެރިވެ، މަޖާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ހަވީރުގައި ތަފާތު މަޖާ ކުޅިވަރުތަކާއި ހަރަކާތްތައް ފެނިގެންދާނެއެވެ. މިކުޅިވަރުތަކުގައި ބައިވެރިވެވޭނެ ގޮތަށް، ހެދުން އަޅުއްވައިގެން ވަޑައިގަތުމަށް މިހަވީރު އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. މިއީ ހަމަ އެކަނި ބަލަން ތިބުމަށްވުރެ ބައިވެރިވެ ހަރަކާތްތެރިވުމަށް ބާރުއަޅާ ހަރަކާތެކެވެ.

އަދި މި ހަވީރުގައި ސ. އަތޮޅު މަދަރުސާގެ ބޭންޑްވެސް ބައިވެރިވެ، މުނިފޫހިފިލުވައިދޭނެއެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އޯގަސްޓް އާއި 23 އޯގަސްޓްގެ ދެދުވަހުއެވެ. ހަވީރުގެ ވަގުތު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް މޫސާގެ ފަންނު ދަނޑުގައެވެ.
ގައުމީ ދުވަހާއި ގުޅިވައިގެން އުފާވެރި މާހައުލުގައި، އާއިލީ ގުޅުން ބަދަހިކޮށް، އެކުވެރިކަން އިތުރުކުރުމަށް ބޭއްވޭ މި ހަވީރަށް ވަޑައިގެންދެއްވައި، ހަރަކާތްތެރިވުމަކީ އިންތިޒާމުކުރާ ފަރާތްތަކުގެ އެދުމެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ދިވެހިރާއްޖޭގެ ގައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން ދަނީ ބޮޑުތިލަދުންމަތީ ދަރިއެއްކަމަށްވާ އުތީމު އަލްސުލްޠާން މުހައްމަދު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ގައުމު މިނިވަންކަން ކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

