މީދޫގެ އީދިގަމޫލު މައިޒާނަކީ ރަށުގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެކެވެ. މި ސަރަހައްދުގެ ގުދުރަތީ ރީތިކަން ރަށުގެ ރައްޔިތުންނަށާއި މީދޫއަށް ޒިޔާރަތްކުރާ މެހްމާނުންނަށް ހިފޭކަހަލަ ގޮތަކަށް މިތަން ތަރައްޤީކުރުމުގެ މަސައްކަތް މީދޫ އަވަށު އޮފީހުން މިހާރު ދަނީ ކުރަމުންނެވެ.

އައްޑޫ ލައިވްއަށް ދެއްވި ބަސްދީގަތުމެއްގައި މީދޫ ކައުންސިލަރު ސޯލިހާ ވިދާޅުވީ އީދިގަމޫލު ފިނިމައިޒާން ޕިކްނިކް އޭރިޔާއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާ ، އީދިގަމޫލު ފިނިމައިޒާން ޕިކްނިކް އޭރިޔާއަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތަކީ އެކަމަނާގެ އިސްނެންގެވުމަކަށް ހިންގޭ، ސަތޭކަ ޕަސެންޓް އަވަށު އޮފީހުގެ ޕްރޮޖެކްޓެއްކަމަށެވެ. މި ޕްރޮޖެކްޓަކީ މީދޫގެ ރައްޔިތުންނަށް ދެވޭ ވަރަށް ހިތްގައިމު އަދި ބޭނުންތެރި ހަދިޔާއަކަށް ވާނެކަމަށް އައްޑޫ ލައިވްއަށް ދެއްވި ބަސްދީގަތުމެއްގައި ސޯލިހާ ވިދާޅުވެފައިވެއެވެ.
މި ޕިކްނިކް އޭރިޔާއަކީ ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ލިބެން ހުންނާނެ ތަނަކަށް ވެގެންދާނެކަމަށް ކައުންސިލަރު ސޯލިހާ ވިދާޅުވެފައިވެއެވެ.
މިތަނުން ލިބެންހުރި ވަސީލަތްތަކުގެ ތެރޭގައި:
- ތަނުގެ މަންޒަރު ބަލާލުމަށް ޚާއްޞަކޮށްފައިވާ ޕްލެޓްފޯމެއް
- ޕިކްނިކްއަށް ދާ މީހުން ކައްކާނެ ޚާއްޞަ ބައެއް
- އިށީންނާނެ ގޮޑިތަކާއި މޭޒުތައް
- އުނދޯލިތައް
- ފެންވަރަން ޚާއްޞަކޮށްފައިވާ ޝަވަރު
ކައުންސިލަރު ސޯލިހާ ވިދާޅުވެފައިވާ ގޮތުގައި، ޕިކްނިކް އޭރިޔާ ރަސްމީކޮށް ހުޅުވުމަށް ފަހު، އެތަން ބޭނުންކުރަން އާންމުންގެ އަތުން ފީއެއް ނަގަން ވިސްނަވާކަމަށެވެ. ދެމެހެއްޓެނިވި ގޮތަކަށް ތަން ބެލެހެއްޓުމަށްޓަކައި ފީއެއް ނެގުމަކީ މުހިންމު ކަމެއްކަމަށްވެސް ސޯލިހާ ވިދާޅުވެފައިވެއެވެ.

އަދި މިޕިކްނިކް އޭރިޔާ ހުޅުވިގެންދާއިރު، އެތަނުގައި ދީފައި ހުންނަ އިރުޝާދުތަކާ އެއްގޮތަށް ތަން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާ ހުރިހާ އެންމެންވެސް ތަނުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށް ކައުންސިލަރު ސޯލިހާ އިލްތިމާސްކުރައްވާފައިވެއެވެ.
ޕިކްނިކު ދާފަރާތްތަކަށް ގިނަޚިދުމަތެއް އެތަނުން ލިބޭގޮތައް ތައްޔާރުކުރަމުންދާ އީދިގަމޫލު ޕިކްނިކްއޭރިޔާއިން ލިބެންހުރި ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމަކީ އެތަނަށް ޒިޔާރަތްކުރާ އެންމެންގެ ޒިންމާއެކެވެ. އެހެންކަމުން، ތަނުގައި ދެވޭ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމާއެކު، ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އީދިގަމޫލު މައިޒާން ފިކްނިކް އޭރިޔާއަކަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މީދޫގެ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ. މި މަޝްރޫޢު ފުރިހަމަވުމުން، މީދޫގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ މެހުމާނުންނަށް ރަށުގެ ގުދުރަތީ ރީތިކަން އިހުސާސްކުރެވޭނެ ފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެއެވެ.
ކައުންސިލަރު ސޯލިހާގެ އިސްނެންގެވުމަށް ކުރެވެމުންދާ މިމަސައްކަތަކީ މީދޫގެ ރަށްޔިތުންނަށް ލިބިގެންދާ ވަރަށް މުހިއްމު ތަނެކެވެ. އެހެންކަމުން، މި ތަނުގެ ބޭނުން ގިނަދުވަސް ވަންދެން ހިފޭނެ ގޮތަކަށް ހުރިހާ ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

