ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ ނެޝަނަލް ކަބްބޮރީގައި އަތޮޅުމަދަރުސާ ތަމްސީލުކުރާ ޓީމް އޯގަސްޓްމަހުގެ 13 ވަނަ ދުވަހު ސްރީލަންކާއަށް ދިއުމަށް ފުރައިފިއެވެ.
މިކަބްބޮރީގައި އަތޮޅުމަދަރުސާއިން ބައިވެރިވާ 4 ދަރިވަރުންނަކީ ގްރޭޑް 4 ހަސަން ޒައިކް ހަމީދު، މުޙައްމަދު ދައިސް ނަސީފް، އަޙްމަދު އިޒާން ޝަރުޚީލް، އަދި ޢަލީ ޒަޔާން ޒަމީލް އެވެ.
މި ދަރިވަރުންނާއެކު ސްކޫލްގެ ފަރާތުން ވަޑައިގެންނެވީ ކަބްސްކައުޓް ލީޑަރ މަރްޔަމް އިނާސާއެވެ.

2025 އޮގަސްޓް 15 އިން 17 އަށް ސްރީ ލަންކާގައި ބޭއްވޭ މި ކަބްބޮރީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަބްސްކައުޓުން ބައިވެރިވާ ކަބްބޮރީއެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތަފާތު ހަރަކާތްތަކާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ކުރުމުގެ ފުރުޞަތު މިކަބްބޮރީގައި ބައިވެރިވާ ދަރިވަރުންނަށް ލިބިގެންދާނެ މައުލޫމާތު ލިބިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

